ENGLISH
17 ޑިސެމްބަރު 2025
މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާގެ ވަޒީރު، މޫސާ ޒަމީރު ސަރޖަރީއެއް ފުރިހަމަކޮށްފިއެވެ.
މި ވުޒާރާއިން މައުލޫމާތު ދީފައިވާ ގޮތުގައި ވަޒީރު ސަރޖަރީ ފުރިހަމަކޮށްފައިވަނީ މިއަދުގެ ވަގުތެއްގައެވެ.
މި ސަރޖަރީ އަކީ ކުރިޔާލާ ރާވައިގެން ތާވަލު ކޮށްފައިވާ ސަރޖަރީއެއް ކަމުގައި ވެސް އެ ވުޒާރާއިން ބުނެފައިވެއެވެ. އަދި މިއީ އާންމު އުސޫލުން ކުރިއަށްގެންދަވާ ސިއްހީ ފަރުވާގެ ތެރެއިން ކުރިއަށް ގެންދިޔަ ސަރޖަރީއެކެވެ.
މި ސާރޖަރީގެ ކަންކަން ކާމިޔާބުކަމާއެކު ނިންމާލެވުނުއިރު، ވަޒީރުގެ ހާލު ރަނގަޅު ކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ.
މިވަގުތު ވަޒީރު އޮންނެވީ ހޮސްޕިޓަލުގައެވެ.
އަދި އަންނަ ހަފްތާގައި ވަޒީރު މަސައްކަތްތަކަށް އެނބުރި ވަޑައިގަންނަވާނެ ކަމަށް ބެލެވެއެވެ.