ENGLISH

17 ޑިސެމްބަރު 2025

Advertisement

ސިޓީސް މިނިސްޓްރީގެ މަސައްކަތްތައް ވަޒަންކުރުމަށް އަހަރީ ރިވިޔު ފަށައިފި

17 ޑިސެމްބަރު 2025

|

މަރިޔަމް ލީމް

މިނިސްޓްރީެ މަސައްކަތްތަކައް ކުރިޔަށްދާގޮތް ވަޒަންކުރުމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ އަހަރީ ރިވިޔު ފަށައިފިއެވެ.

މި ރިވިޔު ފަށާފައިވަނީ މިއަދު ހެނދުނު މިނިސްޓްރީގެ ކުޅިވަރު ފެންޑާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.  މިއަދު ފަށާފައިވާ ރިވިޔު އަކީ މާދަމާގެ ނިޔަލަށް ކުރިޔަށްދާނެ މަސައްކަތެއްކަމަށް އެ ވުޒާރާ ގެ ވެބްސައިޓްގައި މައުލޫމާތު ދީފައިވެއެވެ.

އަހަރީ ރިވިޔު ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ ދެ ދަންފަޅިއަކަށް ބަހާލައިގެންނެވެ.

އެގޮތުން ފުރަތަމަ ދަންފަޅި ކުރިއަށްދާނީ މިއަދު ހެނދުނު 10:00 އިން 11:50 އަށް މިނިސްޓްރީގެ ރަށްވެހި މާލަމުގައެވެ.

އަދި ދެވަނަ ދަންފަޅި ކުރިއަށް ދާނީ މާދަމާ ހެނދުނު 09:00 އިން 12:00 އަށެވެ.

އަހަރީ ރިވިޔުގެ މައިގަނޑު މަޤުސަދަކީ މިނިސްޓްރީގެ ތަފާތު ޑިޕާޓްމަންޓުތަކުން 2025 ވަނަ އަހަރު ކޮށްފައިވާ މަސައްކަތްތަކާ، ދިމާވި ގޮންޖެހުންތައް ހިއްސާކުރުމެވެ. ހަމަމިއާއެކު، ކުރިއަށް އޮތް 2026 ވަނަ އަހަރަށް މި ވުޒާރާއިން ކުރަން ރާވާފައިވާ ކަންކަން ހުށަހަޅައިދިނުމެވެ.

މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް އަލްއުސްތާޛު މުޙައްމަދު މުޖްތާޒްއެވެ. އަދި މި ހަފްލާގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މީގެއިތުރުން ވަޒީރު އާދަމް ޝަރީފު ޢުމަރު އަދި ސްޓޭޓް މިނިސްޓަރ އަލްއުސްތާޛު މޫސާ ފަތުޙީ އާދަމް ވާހަކަފުޅުދެއްކެވިއެވެ.

އަދި މި ޙަފުލާ މޮޑަރޭޓްކޮށްދެއްވީ ސްޓޭޓް މިނިސްޓަރ މުހަޢްމަދު އަލީއެވެ.

ކިޔުންތެރިންގެ ހިޔާލު