ENGLISH

08 ޑިސެމްބަރު 2025

Advertisement

ގަވާއިދާޚިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތް ދަނީ ކުރަމުން: އިހުސާން

07 ޑިސެމްބަރު 2025

|

މަރިޔަމް ލީމް

ހުޅުމާލޭގައި ބޭނުންނުކުރާ އުޅަނދުތަކާއި ޤަވާއިދާ ޚިލާފަށް ޕާކް ކޮށްފައިވާ އުޅަނދުތައް ނެގުމުގެ އަމަލީ މަސައްކަތް އިއްޔެއިން ފެށިގެން ކުރަމުންދާކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރ އިހުސާން ވިދާޅުވީ ގިނަ ދުވަސްތަކެއް ވަންދެން ހުޅުމާލޭގެ އެކި ހިސާބުތަކުގައި ނުޤަވާއިދުން ބަހައްޓާފައިވާ އުޅަނދުތައް ނެގުމަށް ނިންމެވި ސަބަބަކީ ހުޅުމާލޭގައި ދިރިއުޅުއްވާ ރައްޔިތުންގެ ޝަކުވާ ގިނަވުން ކަމަށެވެ.

މިއީ މިކަމާ ގުޅިގެން ރައްޔިތުންގެ ޝަކުވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަށް ލިބިވަޑައިގަތުމުން މި މައްސަލައަށް ހައްލެއް ގެނައުމަށް ކުރިޔަށްގެންދާ މަސައްކަތެކެވެ.

ހުޅުމާލޭގެ މަގުތައް ސާފުކޮށް، މަގުތަކުގައި ޕާކިން ތަރުތީބުކުރުމުގެ ގޮތުން މި ފެށި ޕްރޮގްރާމަކީ ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއާއި، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއާއި، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ސަރުކާރު ހިއްސާވާ ނުވަ ކުންފުންޏަކާއި ޕަބްލިކް ވޯކްސް ގުޅިގެން ކުރިއަށްގެންދާ ތިން ދުވަހުގެ ޕްރޮގްރާމެކެވެ.

މި މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު އަމީން ވިދާޅުވީ، މިފަދައިން މަގުމައްޗަށް އުޅަނދުތައް ދޫކޮށްލުމުން ގިނަ ދަތިތަކެއް ކުރިމަތިވާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ޕާކް ކުރުމަށާއި މަގު ބޭނުން ކުރާ އެހެނިހެން ފަރާތްތަކަށް ދަތިތަކާއި ކުރިމަތިލާން ޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވަނީ ވިޔަފާރި އުސޫލުން ވިއްކުމަށް ގެންނަ އުޅަނދުތައް ވެސް މަގުމައްޗަށް މިގޮތަށް ދޫކޮށްލާފައި ހުންނަކަން ފާހަގަކޮށް، އެ ގޮތަށް ހުރި އުޅަނދުތައް ވެސް ނެގުމަށް އިލްތިމާސްކުރައްވާފައެވެ. 

މި ޕްރޮގްރާމުގެ ދަށުން ނަގާ އުޅަނދުތަކާ މެދު ޢަމަލުކުރާނީ ޤަވާއިދުގެ ތެރެއިންކަމަށާއި އާންމުކޮށް ޓޯކުރާ އުޅަނދުތަކާ މެދު ފުލުހުން ޢަމަލުކުރާ އުސޫލުން، ކަންކުރެވިގެންދާނެކަމަށް ފުލުހުން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު