ENGLISH

08 ޑިސެމްބަރު 2025

Advertisement

ޤިބްލަ ޙައްޖު އެންޑް އުމްރާއިން، އުމްރާ ދަތުރުތަކަށް ޚާއްޞަ ޑިސްކައުންޓެއް ދިނުމަށް ނިންމައިފި

07 ޑިސެމްބަރު 2025

|

މަރިޔަމް ލީމް

ޤިބްލަ ޙައްޖު އެންޑް އުމްރާއިން، އުމްރާއަށް ދާން ރަޖިސްޓްރީ ކުރާ ގްރޫޕްތަކަށް ޚާއްސަ ޑިސްކައުންޓެއް ދިނުމަށް ނިންމައިފިއެވެ.

މި ކުންފުނި މެދުވެރިކޮށް އުމްރާއަށް ދާން ބޭނުންވާ ފަރާތްތައް ރަޖިސްޓްރީ ކުރާނެ ގޮތްތައް ޤިބްލަ ޙައްޖު އެންޑް އުމްރާގެ ވެބްސައިޓް މެދުވެރިކޮށް ފެންނަގޮތް ވަނީ ހަދައިފައެވެ. 

އެ ގްރޫޕުން ބުނީ، މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީއަކާއެކު، ރަޖިސްޓްރީކުރައްވަން ބޭނުންވާ އުމްރާ ދަތުރުގެ މައުލޫމާތު އެ ފަރާތްތަކުގެ ހޮޓްލައިން 9666104 ނަންބަރަށް ވަޓްސްއަޕް މެދުވެރިކޮށް ހިއްސާކޮށްލެވޭނެ ކަމަށެވެ. 

އެކަކަށް ވުރެ ގިނަ ބަޔަކު ރަޖިސްޓްރީ ކުރާނަމަ، އުމްރާ ދަތުރުގައި ގްރޫޕް ކުރުމަށް ބޭނުންވާ ގޮތް ބުނުމާއެކު، އާއިލާ މެމްބަރުންނާއެކު ކޮޓަރި ނުވަތަ ބަސް ހިއްސާކުރަން ބޭނުންވާ ފަރާތްތަކުން މިކަމާ ގުޅުންހުރި މައުލޫމާތު މެސެޖުގައި ފާހަގަކޮށްލުމަށް ޤިބްލަ ޙައްޖު އެންޑް އުމްރާ ގްރޫޕުން ބުނެފައިވެއެވެ. 

ކޮންމެ ދަތުރެއްވެސް ރަޖިސްޓްރީކުރުމަށް މަދުވެގެން -/5000 ރުފިޔާ ދާނެކަމާއި، ރަޖިސްޓްރީ ކުރެވުނުކަން ކަށަވަރު ކުރުމަށް ފައިސާ ދެއްކި ކަމުގެ ރަސީދު ކޮންމެ ދަތުރުވެރިޔަކަށްވެސް ލިބިގެންދާނެއެކަމަށް އެ ގްރޫޕުން ބުނެފައިވެއެވެ. މި ރަސީދުގައި ޤިބްލް ނަންބަރު ފަދަ މައުލޫމާތު ހިމެނޭއިރު، ކޮންމެ ފަރާތަކަށް ވެސް ރަސީދު ދޭނީ ވަކިވަކިންނެވެ. އަދި އެއަށްފަހު ފައިސާ ދައްކާ ނިންމަންޖެހޭ ތާރީޚްގެ އިތުރު މައުލޫމާތު ފޯރުކޮށްދެވިގެންދާނެކަމަށް ޤިބްލަ ޙައްޖު އެންޑް އުމްރާ ގްރޫޕުން ބުނެފައިވެއެވެ. 

ރަޖިސްޓްރީވުމަށް ފަހު ފޮނުވަންޖެހޭ ލިޔެކިޔުންތަކުގެ ތެރޭގައި ޕާސްޕޯޓް ކޮޕީ، ކޮވިޑް ވެކްސިން، އުމްރާ ވެކްސިން އަދި ޕާސްޕޯޓް ސައިޒް ފޮޓޯ ހިމެނެއެވެ. 

އަންނަ އަހަރު 6 މަހެއްގައި އުމްރާ ދަތުރު ބާއްވަން އެ ގްރޫޕުން ވަނީ ނިންމާފައެވެ. އެއީ:

  • ރަމަޟާން ކުރި ދަތުރު: 13 ފެބްރުއަރީ އިން 27 ފެބްރުއަރީ އަށް
  • މުޅި ރަމަޟާން ދަތުރު: 18 ފެބްރުއަރީ އިން 27 މާރޗް އަށް
  • ރަމަޟާން މަހުގެ ފަހު 15 ދަތުރު: 3 މާރޗް އިން 27 މާރޗް އަށް
  • ޖުލައި ދަތުރު: 17 ޖުލައި އިން 31 ޖުލައި އަށް
  • ސެޕްޓެމްބަރު ދަތުރު: 11 ސެޕްޓަމްބަރ އިން 25 ސެޕްޓަމްބަރ އަށް
  • ޑިސެމްބަރ ދަތުރު: 18 ޑިސެމްބަރ އިން 1 ޖަނަވަރީ އަށް
ކިޔުންތެރިންގެ ހިޔާލު