ENGLISH
08 ޑިސެމްބަރު 2025
ނިލަންދޫ ބަނދަރު ތަރައްޤީކުރުން؛ ބޭރު ތޮށީގެ މަސައްކަތް ކުރިއަށް
07 ޑިސެމްބަރު 2025
|
ނިލަންދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތެރެއިން. --ފޮޓޯ:އެމްޓީސީސީ
ފ. ނިލަންދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ބޭރުތޮއްޓަށް ވެލި އެޅުމުގެ މަސައްކަތް ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، (އެމް.ޓީ.ސީ.ސީ)އިން ބުނެފި އެވެ.
މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކަކީ:
މީގެ އިތުރުން ، ކޮންކްރީޓް ރޭމްޕަކާއި، ބަނދަރު ބައްތި ހަރުކުރުމުގެ އިތުރުން ފަސް މީޓަރު ފުޅާ ޕޭވްމަންޓެއް ހެދުން ހިމެނެ އެވެ.
ނިލަންދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، ރަށް ގިރުމުގެ މައްސަލަ ޙައްލުކުރުމަށްޓަކައި އެރަށުގެ ގޮނޑުދޮށް ޚިމާޔަތްކުރުމުގެ މަސައްކަތް ވެސް މި މަޝްރޫޢުގެ ތެރެއިން ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ.