ENGLISH

12 ނޮވެމްބަރު 2025

Advertisement

ބޯޓެއް ފަރަށް އަރާ ގެއްލުނު މީހާ މަރުވެފައި އޮއްވާ ފެނިއްޖެ

11 ނޮވެމްބަރު 2025

|

އަޙުމަދު ޙަމީދު

ބޯޓް ބަންޑުން ޖަހާލި ސަރަޙައްދު --

ބޯޓެއް ފަރަށް އަރާ ބަންޑުން ޖަހާލާ ހިނގި ހާދިސާއެއްގައި ގެއްލުނު މީހާ މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

އެމްއެމްޑީއެފުން ބުނީ މާލެއިން ފުރައިގެން ކާށިދޫ އަށް ދަތުރު ކުރި ފައިސަލާ ނަމަކަށް ކިޔާ ބޯޓެެއް ކާށިދޫ ގެ ފަރަށް އަރާފައިވާ ކަމަށެވެ. އެ ބޯޓް ފަރަށް އަރާފައިވާ ކަމުގެ މައުލޫމާތު ލިބިގެން މާލޭ އޭރިއާ ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން އިން  ދަނީ ހަރަކާތްތެރި ވަމުން ކަމަށާ އެ އުޅަނދުން 11 މީހުން ދަތުރުކުރި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އޭގެތެރެއިން 10 މީހުން ވަނީ މޯލްޑިވްސް ޕޮލިސް ސާވިސް އިން ހަރަކާތްތެރިވެ ސަލާމަތް ކޮށްފައި ކަމަށާ އެކަކު ވަނީ ގެއްލިފައި ކަމަށް ބުންޏެވެ. އެއީ ބިދޭސީ އެކެވެ. ބޯޓުން ދަތުރުކުރީ ފަސް ދިވެހީންނާއި ހަ ބިދޭސީންނެވެ.

ގެއްލިފައިވާ މީހާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް މިހާރު ވަނީ ފެނިފަ އެވެ. އެ މީހާ ކާށިދޫ ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު