ENGLISH

12 ނޮވެމްބަރު 2025

Advertisement

ބޯޓެއް ފަރަށް އަރާ ބަންޑުން ޖަހާލައިފި، އެކަކު ގެއްލިއްޖެ

11 ނޮވެމްބަރު 2025

|

އަޙުމަދު ޙަމީދު

ބޯޓް ފަރަށް އަރާފައި -- ފޮޓޯ: ޕޮލިސް

ބޯޓެއް ފަރަށް އަރާ ބަންޑުން ޖަހާލާ ހިނގި ހާދިސާއެއްގައި މީހަކު ގެއްލިއްޖެ އެވެ.

އެމްއެމްޑީއެފުން ބުނީ މާލެއިން ފުރައިގެން ކާށިދޫ އަށް ދަތުރު ކުރި ފައިސަލާ ނަމަކަށް ކިޔާ ބޯޓެެއް ކާށިދޫ ގެ ފަރަށް އަރާފައިވާ ކަމަށެވެ. އެ ބޯޓް ފަރަށް އަރާފައިވާ ކަމުގެ މައުލޫމާތު ލިބިގެން މާލޭ އޭރިއާ ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން އިން  ދަނީ ހަރަކާތްތެރި ވަމުން ކަމަށާ އެ އުޅަނދުން 11 މީހުން ދަތުރުކުރި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އޭގެތެރެއިން 10 މީހުން ވަނީ މޯލްޑިވްސް ޕޮލިސް ސާވިސް އިން ހަރަކާތްތެރިވެ ސަލާމަތް ކޮށްފައި ކަމަށާ އެކަކު ވަނީ ގެއްލިފައި ކަމަށް ބުންޏެވެ. އެއީ ބިދޭސީ އެކެވެ. ބޯޓުން ދަތުރުކުރީ ފަސް ދިވެހީންނާއި ހަ ބިދޭސީންނެވެ.

ގެއްލިފައިވާ މީހާ ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު