ENGLISH
11 ނޮވެމްބަރު 2025
ކޭޖީއެމް؛ އެންމެން ދައްކަނީ އައްޒައާ ރިޝްފާގެ ވާހަކަ
11 ނޮވެމްބަރު 2025
|
މިހާރު އޮލިމްޕަހުގައި އޮތް ސެޓާން ސްޓޫޑިއޯ އާއި ޝައި ޕްރޮޑަކަޝަން ގުޅިގެން އުފައްދާފައިވާ "ކޮސްގިނަ މިސްޓޭކް" ގެ ފޯރި ވަރަށް ގަދަ އެވެ. ހައުސްފުލް ގިނަ ޝޯތަކެއް ދައްކާފައިވާއިރު މި ފިލްމުގެ ކެރެކްޓާތަކާމެދު އާންމުންގެ މެދުގައި ބޮޑު ޝައުޤުވެރިކަމެއް އެބަ އޮތެވެ.
ޚާއްސަކޮށް މި ފިލްމުގައި ސޭޓްގެ ދެ އަންހެން ދަރީންގެ ރޯލުން ފެންނަ އައްޒައާ ރިޝްފާގެ ކެރެކްޓާ ވަރަށް ގިނަ ބަޔަކަށް ކަމުދިޔަ އެވެ. މި ފިލްމުގައި އެއީ ވަރަށް މަޑުމައިތިރި ދެ ކުދީންނެވެ. ގެއިން ބޭރަށް ވެސް ނިކުމެ ނޫޅޭ ވަރަށް އިއްފަތްތެރި ދެ ކުދީންނެވެ.
އެކަމަކު މިއީ ވަރަށް ޑްރާމާ ބޮޑު ދެ އަންހެނުން ކުދީންނެވެ. އެ މީހުން ގިނަ ފަހަރަށް ވާހަކަ ދައްކަނީ އެކުއެކީ އެވެ. ބުނާ އެއްޗެއް ބުނަނީ ޅެން ބަހުންނެވެ. ރީތި އިބާރާތްތަކުންނެވެ. އެންމެ ތަފާތު ކަމަކީ އެ ބުނާ އެއްޗެއް ނަށަމުން އަދި އެކި ހަރަކާތްތަކުން ބުނާ ބުނުމެވެ.
މި ރޯލަށް އައްޒައާ ރިޝްފާ މާބޮޑަށްވެސް ފިޓެވެ. ވަރަށް މޮޅެވެ. ފިލްމު ބެލި އެންމެންހެން ދައްކަނީ އެ ވާހަކަ އެވެ.
ގިނަ ބަޔަކަށް އެ ކެރެކްޓާ މޮޅުވެ މިހާރު ވަނީ ޓްރެންޑްވާން ފަށާފަ އެވެ. އެގޮތަށް ވާހަކަ ދެއްކުމާއި ހަރަކާތް ކުރުމެވެ. އެހެންވީމަ އައްޒައާ ރިޝްފާގެ މި ރޯލް ބަލާލަންވެސް މި ފިލްމު ބަލާލަން ދާން ސަޅި އެވެ.
ކޮސް ގިނަ މިސްޓޭކްގެ ހައުސްފުލް ޝޯތައް ދައްކަމުންދާއިރު ދެން މި ފިލްމަށް އޮތީ ބާކީ 8 ދުވަހެވެ. ނޮވެންބަރު 19 ވަނަ ދުވަހު ފިލްމު އޮލިމްޕަހުން ނަގާނެ އެވެ.
ކުރިއަށް އޮތީ ވެސް ހައުސްފުލް ޝޯ ތަކެވެ. އަދި ކުރިއަށް އޮތީ ވީކެންޑް ކަމުން ޑިމާންޑް ވަރަށް ބޮޑެވެ. އެހެންވީމަ އަވަހަށް ޓިކެޓް ނަގާށެވެ.
އެއްގޮަތަށް ވުރެ ގިނަ ގޮތްގޮތުން މިއީ ބަލާލަން ރަނގަޅު ފިލްމެކެވެ. ހެއްވާ މަޖާ ގިނަ ކަންތައްތަކެއް ހިމެނޭތީއާ ޝައުގުވެރި ކަންތައްތަކެއް ދައްކައިދޭތީ އެވެ. އަދި މިއީ އާއިލާއާ އެކުވެރީންނާއެކު ގޮސް ބަލާލެވޭނެ ފިލްމަކަށް ވެސް ވާތީ އެވެ.
ފިލްމްގައި ބޭނުންކޮށްފައިވާ ޑައިލޮގްތަކާއި މުޅި ވާހަކަ ވެސް އާއިލާތަކާއެކު ތިބެ އަޑުއަހާލަން ރަނގަޅެވެ.
އެންމެން އެކުގައި ތިބެ އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ ފުރުސަތުތައް މަދުއިރު މިއީ އެކަމަށް އެންމެ ސަޅި ފުރުސަތެވެ. ޔަޤީނުން ވެސް ރިގްރެޓް ނުކުރާނެ އެވެ. ފިލްމު ބަލަމުން ގެންދާއިރު ހީލާނެ ކިތަންމެ ފުރުސަތެއް ލިބޭނެ އެވެ. ޖުމްލަކޮށް ބުނާނަމަ އުފާވެރި ވަގުތުކޮޅެއް ލިބޭނެ އެވެ.