ENGLISH

11 ނޮވެމްބަރު 2025

Advertisement

އައްޑޫ ހިތަދޫގައި މިސްކިތަކަށް ގެއްލުންދިން މައްސަލަ ބަލާ ފިޔަވަޅު އަޅަނީ

10 ނޮވެމްބަރު 2025

|

އަޙުމަދު ޙަމީދު

އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު --

އައްޑޫ ސިޓީ ހިތަދޫ މިސްކިތަކަށް ބަޔަކު ގެއްލުންދިން މައްސަލަ ބަލާ ގާނޫނީ ގޮތުން ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތް ފަށާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ ވިދާޅުވެއްޖެ އެވެ.

ހިތަދޫ މަސްޖިދު- އުމަރު އަލް ފާރޫގް މިސްކިތަށް ބަޔަކު މިއަދު ވަނީ ގެއްލުން ދީފަ އެވެ. އެ ގޮތުން މިސްކިތުގެ ތެރޭގައި ހުރި ގޮނޑިތައް އުކާލާ ބައެއް މުސްހަފްތައް ވެސް ހުރީ އުކާލާފަ އެވެ. އަދި ފެންފުޅިތަކާއި އެ ނޫންވެސް ބައެއް ތަކެތި ހުރީ އުކާލާ މިސްކިތުން ކަަރަންޓް ކަނޑާލާފައިވެ އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ ވިދާޅުވީ އައްޑޫ ސިޓީގެ މިސްކިތަކަށް ގެއްލުން ދިން މައްސަލަ މިނިސްޓްރީގެ ސަމާލުކަމަށް ވަނީ އައިސްފައި ކަމަށެވެ. އަދި ވިދާޅުވީ މި މައްސަލަ ބަލައި ތަހުގީގުކޮށް، ގާނޫނީ ގޮތުން ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކާ ގުޅިގެން މިނިސްޓްރީން މަސައްކަތް ފަށާފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު