ENGLISH

03 ނޮވެމްބަރު 2025

Advertisement

ކޮޅުވެއްޓި ބަންޑުން ޖަހާލުން: ދިވެއްސެއްގެ ޙާލުވެސް ވަރަށް ދެރަ

02 ނޮވެމްބަރު 2025

|

އަޙުމަދު ޙަމީދު

ކޮޅުވެއްޓި ބަންޑުން ޖަހާލުން

މިއަދު ހަވީރު އެމްޕީއެލް ބަނދަރު ސަރަޙައްދު ބޭރުގައި ކޮޅުވެއްޓިއެއް ބަންޑުން ޖަހާލި ހާދިސާގައި ދިވެއްސަކަށް ވެސް ސީރިއަސް އަނިޔާތަކެއް ލިބިގެން ފަރުވާދެމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

ކޮޅުވެއްޓި ބަންޑުން ޖަހާލިއިރު އޭގައި 14 މީހަކު ތިއްބެވެ. އެންމެންވެސް ވަނީ ފެނިފަ އެވެ. މި ހާދިސާގައި ހަ މީހަކަށް ވަނީ އަނިޔާވެފަ އެވެ. އެ މީހުންނަށް މިހާރު އައިޖީއެމްއެޗްގައި ދަނީ ފަރުވާ ދެމުންނެވެ. އެއީ ދެ ބިދޭސީންނާއި ހަތަރު ދިވެހީންނެވެ. 

މި ހާދިސާގައި އެންމެ ބޮޑަށް އަނިޔާވި އެކަކު ވަނީ ނިޔާވެފަ އެވެ. ނިޔާވީ ބަންގްލަދޭޝްގެ އުމުރުން 32 އަހަރުގެ މީހެކެވެ. 

ފުލުހުން ދެންމެ ބުނީ ދިވެއްސަކަށް ވެސް ސީރިއަސް އަނިޔާތަކެއް ލިބިގެން ފަރުވާދެމުންދާ ކަމަށެވެ. އޭނާގެ ހާލު ވަރަށް ސީރިއަސް ކަމަށްވެސް ބުންޏެވެ. އެއީ 25 އަހަރުގެ ފިިރިހެނެކެވެ.

އެމްޕީއެލްއާ ދިމާ ބޭރުން ކޮޅުވެއްޓިއެއް ބަނޑުން ޖަހާލާފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު 3:44 ހާއިރެވެ. 

ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.

ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައިގެން މިއަދު ހިތާމަވެރި ހާދިސާއެއް ހިނގިއިރު، މިދިޔަ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހު ވެސް ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި ހިނގި ހާދިސާގައި ތިން މީހަކު ވަނީ މަރުވެފައެވެ. އެ ހާދިސާގައި މަރުވީ ދިވެއްސެއްގެ އިތުރުން އިންޑިއާ އަދި ސްރީ ލަންކާގެ ރައްޔިތެކެވެ. 

ކިޔުންތެރިންގެ ހިޔާލު