ENGLISH

03 ނޮވެމްބަރު 2025

Advertisement

ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާގައި ބިދޭސީއަކު މަރުވެއްޖެ

02 ނޮވެމްބަރު 2025

|

ޢަލީ ޝަހީމް

ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާގައި ފުލުހުން ހަރަކާތްތެރިވަނީ.

މިއަދު ހަވީރު އެމްޕީއެލް ބަނދަރު ސަރަޙައްދު ބޭރުގައި ކޮޅުވެއްޓިއެއް ބަންޑުން ޖަހާލި ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބިގެން ފަރުވާދެމުންދިޔަ ބިދޭސީ މީހަކު މަރުވެއްޖެއެވެ. 

ކޮޅުވެއްޓި ބަންޑުން ޖަހާލިއިރު އޭގައި 14 މީހަކު ތިއްބެވެ. އެންމެންވެސް ވަނީ ފެނިފަ އެވެ. މި ހާދިސާގައި ހަ މީހަކަށް ވަނީ އަނިޔާވެފަ އެވެ. އެ މީހުންނަށް މިހާރު އައިޖީއެމްއެޗްގައި ދަނީ ފަރުވާ ދެމުންނެވެ. އެއީ ދެ ބިދޭސީންނާއި ހަތަރު ދިވެހީންނެވެ. 

ނިޔާވީ ބަންގްލަދޭޝްގެ އުމުރުން 32 އަހަރުގެ މީހެކެވެ. 

އެމްޕީއެލްއާ ދިމާ ބޭރުން ކޮޅުވެއްޓިއެއް ބަނޑުން ޖަހާލާފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު 3:44 ހާއިރެވެ. 

ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.

ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައިގެން މިއަދު ހިތާމަވެރި ހާދިސާއެއް ހިނގިއިރު، މިދިޔަ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހު ވެސް ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި ހިނގި ހާދިސާގައި ތިން މީހަކު ވަނީ މަރުވެފައެވެ. އެ ހާދިސާގައި މަރުވީ ދިވެއްސެއްގެ އިތުރުން އިންޑިއާ އަދި ސްރީ ލަންކާގެ ރައްޔިތެކެވެ. 

ކިޔުންތެރިންގެ ހިޔާލު