ENGLISH

01 ނޮވެމްބަރު 2025

Advertisement

ތިން ވަނަ ކުއާޓަރުގައި އެސްޓީއޯ އަށް އާމްދަނީގެ ގޮތުގައި 3.8 ބިލިއަން ރުފިޔާ

31 އޮކްޓޯބަރު 2025

|

ހަސަން އާމިރު

އެސްޓީއޯގެ މައި އޮފީސް. ފޮޓޯ:އެމްއެފްއާރް

މިއަހަރުގެ ތިން ވަނަ ކުއާޓަރުގައި އެސްޓީއޯއަށް އާމްދަނީގެ ގޮތުގައި 3.8 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެެ ކުންފުނީގެ މާލީ ހިސާބުތަކުން ދައްކައިފި އެވެ.

މިއީ އަހަރުގެ ދެ ވަނަ ކުއާޓަރަށް ވުރެ 8 ޕަސެންޓް އިތުރު އަދަދެކެވެ.

މީގެ ތެރެއިން ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި ލިބިފައި ވަނީ 186 މިލިއަން ރުފިޔާ އެވެ. މިއީ އޭގެ ކުރީ ކުއާޓާއާ އަޅާބަލާއިރު 14 ޕަސެންޓުގެ އިތުރުވުމެކެވެ.

މި ކުއާޓާގައި އެސްޓީއޯގެ ހިންގުމުގެ ޚަރަދު ވަނީ 358 މިލިއަން ރުފިޔާއަށް ދަށްކޮށްފައެވެ. ކުރީ ކުއާޓާގައި ހިންގުމުގެ ޚަރަދަކީ 367 މިލިއަން ރުފިޔާއެވެ.

މީގެ އިތުރުން ކުންފުނީގެ ހިންގުމުގެ ފައިދާގެ ގޮތުގައި ވަނީ 290 މިލިއަން ރުފިޔާ ލިބިފަ އެވެ. މިއީ ވަނީ 23 އިންސައްތައިގެ ކުރިއެރުމެކެވެ. 

އެސްޓީއޯގެ ތިން ވަނަ ކުއާޓަރގެ އާމްދަނީ އިތުރުވުމުގެ ސަބަބަކީ އެ ކުންފުނީގެ ތެލުގެ ވިޔަފާރި ރަނގަޅުވުމެވެ. ތެލުގެ އިތުރުން އެސްޓީއޯގެ އެހެނިހެން ވިޔަފާރިތައް ވެސް ވަނީ ތިން ވަނަ ކުއާޓާގައި ރަނގަޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު