ENGLISH

01 ނޮވެމްބަރު 2025

Advertisement

ރާއްޖޭގެ ސާފު ތިމާވެށި މަޝްރޫޢާ ގުޅޭ ގޮތުން ވޯލްޑް ބޭންކާ އެކު މަޝްވަރާކޮށްފި

31 އޮކްޓޯބަރު 2025

|

ހަސަން އާމިރު

ދިވެހިރާއްޖޭގެ ސާފު ތިމާވެށި މަޝްރޫޢު ނިންމުމާ ގުޅޭ ގޮތުން ވޯލްޑް ބޭންކުގެ މަންދޫބުންނާއި، ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ އޮފިޝަލުންނާ ދެމެދު މުހިންމު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި އެވެ.

މި ބައްދަލުވުމުގައި ވޯލްޑް ބޭންކްގެ ފަރާތުން މިސް ލަން ތި ތޫ ނުގުޔެން ވަނީ މި މަޝްރޫޢުން ހާސިލްކުރެވިފައިވާ މުހިންމު ކާމިޔާބީތަކާއި، ކުރިއަށްދާ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ. މި ބައްދަލުވުމުގައި ތިމާވެއްޓާ ބެހޭ ވަޒީރު ތޯރިގު އިބްރާހިމް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މިއީ މި މަޝްރޫޢުގެ ވޯލްޑް ބޭންކުގެ ފައިނަލް މިޝަންގެ މަޝްވަރާތަކެކެވެ. "ދިވެހިރާއްޖޭގެ ސާފު ތިމާވެށި މަޝްރޫޢު" އަކީ ރާއްޖޭގެ ޒޯން 2، 4 އަދި 5 ގެ ރަށްތަކުގެ ކުނި މެނޭޖްކުރުމާއި ތިމާވެށީގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައިވާ މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ ދަށުން، ކުނި މެނޭޖްކުރުމުގެ ނިޒާމުތައް ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާއިރު، ތިމާވެށި ރައްކާތެރިކުރުމަށް ވެސް މުހިންމު ދައުރެއް އަދާކޮށްފައިވެއެވެ. މަޝްވަރާތަކުގައި، މި މަޝްރޫޢުގެ ދަށުން ކުރެވުނު ކާމިޔާބު މަސައްކަތްތަކުގެ ތަފްސީލުތައް ހިއްސާކޮށް، ކުރިއަށް އޮތް ތަނުގައި މިފަދަ މަސައްކަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނެ ގޮތްތަކާ ބެހޭގޮތުން ވެސް މަޝްވަރާކުރެވުނެވެ.

މި މަޝްރޫޢު ނިމުމަކަށް އަންނައިރު، އޭގެ ދަށުން ހާސިލްކުރެވުނު ކާމިޔާބީތަކަކީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު