ENGLISH
30 އޮކްޓޯބަރު 2025
މަސްޖިދުއްދަޢުވާގެ ބިންގާ ރައީސުލްޖުމްހޫރިއްޔާ އަޅުއްވައިދެއްވައިފި
30 އޮކްޓޯބަރު 2025
|
 
          މަސްޖިދުއްދަޢްވާގެ ބިންގާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު އަޅުއްވައިދެއްވައިފިއެވެ.
މަސްޖިދުއްދަޢްވާގެ ބިންގާ ރައީސުލްޖުމްހޫރިއްޔާ އަޅުއްވައިދެއްވީ މިކަމަށްޓަކައި މިއަދު މެންދުރުފަހު، މާފަންނު މުއިވެޔޮދޮށުގެ (ބޮޑުގެ) ސަރަޙައްދުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
ގާތްގަނޑަކަށް 8،973 އަކަފޫޓު ބޮޑުމިނުގައި އިމާރާތްކުރާ މި މިސްކިތުގައި އެއްފަހަރާ 1250 މީހުންނަށް ނަމާދުކުރެވޭނެއެވެ. މި މިސްކިތުގައި ނަމާދުކުރާ ސަރަޙައްދުގެ އިތުރުން ލައިބްރަރީއަކާ، ތިން ކުލާސްރޫމާ، ކޮންފަރެންސް ހޯލަކާ، އޮފީހެއް ވެސް ހިމެނެއެވެ. މި މިސްކިތް ފަރުމާކުރެވިފައި ވަނީ، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް މިސްކިތަށް ވަދެނުކުމެ އުޅުމަށް ބޭނުންވާ ވަޞީލަތްތަކާ ވެސް އެކުގައެވެ.
މި މިސްކިތުގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 540 ދުވަހުގެ ތެރޭގައެވެ. މި ޕްރޮޖެކްޓަށް ފަންޑުކުރައްވަނީ، މުޙަންމަދު ޢާދިލް، ނިޒާރު އަޙްމަދު، ޒީބާ ސަޢީދު އަދި ރަޙްމަތުﷲ އެވެ.
 
                       
                       
                      