ENGLISH
27 އޮކްޓޯބަރު 2025
ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް ހަތަރު ބޭފުޅަކު، ރައީސް ޢައްޔަންކުރައްވައިފި
26 އޮކްޓޯބަރު 2025
|
ޤާނޫނު ނަންބަރު 27/2015 ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ޤާނޫނުގެ 3 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުކަމަށް، އެ ޤާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތީން، ހަތަރު ބޭފުޅަކު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޢައްޔަންކުރައްވައިފިއެވެ.
ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުކަމަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރެއްވި ހަތަރު ބޭފުޅުންނަކީ،
ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަކީ، ޤާނޫނު ތަންފީޛުކުރާ އިދާރާތަކާއި ޤާނޫނު ތަންފީޛުކުރާ އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާގުޅޭ މައްސަލަތައް ބަލައި ފިޔަވަޅުއަޅާނެ އިޖުރާއަތުތަކާއި އުސޫލުތައް ކަނޑައެޅުމަށާއި، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ޤާނޫނު ތަންފީޛުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށްޓަކައި އުފައްދަވާފައިވާ ކޮމިޝަނެކެވެ. ކޮމިޝަން އެކުލެވިގެންވަނީ ފަސް މެންބަރުންގެ މައްޗަށެވެ.
އެންއައިސީގައި ދެން ހިމެނެނީ މަރިޔަމް އިންޝާ ފައިސަލް އެވެ. އެ ކޮމިޝަނަށް އޭނާ އައްޔަންކޮށްފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ.