ENGLISH
26 އޮކްޓޯބަރު 2025
ހިތަދޫ ހުޅުދޫ - މީދޫ ލިންކް ބްރިޖު މަޝްރޫޢުގެ ސާވޭތައް ހެދުމަށް ހަވާލުކޮށްފި
26 އޮކްޓޯބަރު 2025
|
އައްޑޫ ސިޓީ ހިތަދޫ ހުޅުދޫ - މީދޫ ލިންކް މަޝްރޫޢު މަޝްރޫއުގެ ސަރވޭތައް ހެދުމުގެ މަސައްކަތް ކުންފުންޏަކާއި ހަވާލުކޮށްފި އެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުސިންގައި އޮތް ރަސްމިއްޔާތެއްގައި މި މަސައްކަތް ހަވާލުކޮށްފައިވަނީ ޓީވައިލިން އިންޓަރނޭޝަނަލް އިންޖިނިއަރިންގ ކޮންސަލްޓިންގ (ޗައިނާ) ކޮމްޕެނީ ލިމިޓެޑް (ޓީވައިލިން) އާ އެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓްރީ އޮފްކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބެވެ. ޓީވައިލިންގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޗައިނާ ބްރާންޗްގެ ޕްރެސިޑެންޓް ޗެންޝީއޯހޫ އެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނި ގޮތުގައި އެ ކުންފުންޏަށް ހަވާލުކުރީ ހިތަދޫ ހުޅުދޫ - މީދޫ ލިންކް މަޝްރޫޢު މަޝްރޫއުގެ ސަރވޭތައް ހެދުމާއި ޑިޒައިން ތައްޔާރުކުރުމާއި، ޓެކްނިކަލް ސްޕެސިފިކޭޝަން އަދި ޢަމަލީ މަސައްކަތް ޓެންޑަރ ކުރުމަށް ބޭނުންވާ ލިޔެކިޔުންތައް ތައްޔާރުކުރުމުގެ މަސައްކަތެވެ.
މި މަސައްކަތުގެ އަގަކީ 1,025,000 އެމެރިކާ ޑޮލަރެވެ. އެ މަސައްކަތްތައް ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ.