ENGLISH

26 އޮކްޓޯބަރު 2025

Advertisement

މުއާ ބުނި އެއްޗެއް؛ ޔޫއްޕެއާ ސީޒަން އަކީ ބޮޑު ދެ ވަގުން

25 އޮކްޓޯބަރު 2025

|

އަޙުމަދު ޙަމީދު

މަޝްހޫރު ފިލްމީތަރީން ކަމަށްވާ ސީޒަންއާ ޔޫއްޕެ

މަޝްހޫރު ފިލްމީ ތަރީން ކަމަށްވާ އަލީ ސީޒަންއާ ޔޫސުފް ޝަފީއު (ޔޫއްޕެ) އަކީ “ބޮޑު ދެ ވަގުން” ކަމަށް ބުނެ ފިލްމީ ތަރި އަބްދުﷲ މުއާޒު ތަފާތު ޕޯސްޓެއް ކޮށްފި އެވެ.

މުއާޒްގެ ވަރަށް ގާތް ދެ އެކުވެރީންނާއި ގުޅޭގޮތުން ކުރި މި ޕޯސްޓް ވަނީ ވަރަށް ބޮޑަށް ވައިރަލްވެފަ އެވެ.

މި ފަހުން އޮލިމްޕަހަށް އައި އަދި އަންނަން ހުރި ފިލްމުތައް ފުރިހަމަ ކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަމުންދާ މުއާޒްގެ މި ސްޓޭޓަސް އަކީ ތުހުމަތެއް ކަމަށް ނުބެލެވެ އެވެ. ބެލެވެނީ ފިލްމެއްގެ ޕްރޮމޯޝަނެއް ކަމެވެ.

މުއާ ބުނި ގޮތުގައި އެ ބަހުގެ ތެދުކަން އަންނަ މަހުގެ ފަސްވަނަ ދުވަހުގެ ރޭ އިނގޭނެ އެވެ. އެއީ ކޭޖީއެމް ޕްރިމިއާ ކުރާ ރެ އެވެ.

ކުރިއަށް އޮތް “ކޮސް ގިނަ މިސްޓޭކް” ގެ އެންމެ މުހިންމު ރޯލްތަކުން ފެންނާނީ ޔޫއްޕެއާ ސީޒަން އެވެ. ހެއްވާ މަޖާ ފިލްމްތައް ގެނެސްދީފައިވާ މަގުބޫލް ޕްރޮޑިއުސަރު އިސްމާއީލް ޝަފީގު މި ފިލްމްގެ އެޑިޓިންގައި މުއާގެ ދައުރު ވަރަށް ބޮޑެވެ.

ކޮންފަދަ “އިލްޒާމް” އެއް

މުއާގެ މި ޕޯސްޓާއެކު މިހާރު ސިނަމާގައި އޮތް ޔޫއްޕެގެ “އިލްޒާމް” ގެ ތަރީން ވަނީ އެ ޕޯސްޓް ޝެއަރކޮށް މިއީ ކޮންފަދަ ބޮޑު އިލްޒާމެއްތޯ ސުވާލު އުފައްދާާފަ އެވެ.

މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން އިލްޒާމް ދަނީ ދައްކަމުންނެވެ.

ކޭޖީއެމް - ޓިކެޓް ވިއްކަނީ، ވަރަށް ތަފާތު ވާނެ

ޝައި ޕްރޮޑަކަޝަން އާއި ސެޓާން ސްޓޫޑިއޯ ގުޅިގެން އުފައްދާފައިވާ ކޮމެޑީ ފިލްމް "ކޮސް ގިނަ މިސްޓޭކް" (ކޭޖީއެމް) ގެ ޓިކެޓް ވިއްކަން ވަނީ ފަށައިފަ އެވެ.

މި ނޮވެމްބަރ މަހުގެ 5 ގައި ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވާ މި ފިލްމް އޮލިމްޕަސް ސިނަމާގައި ދެއްކުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރ 19ގެ ނިޔަލަށެވެ. އެގޮތުން މިހާރު މި ފިލްމްގެ 7ޝޯއެއްގެ ޓިކެޓް ވިއްކަމުން ދާއިރު، 7743399 އަށް ވައިބަރ މެދުވެރިކޮށް ޓިކެޓް ބައްލަވައިގަތުމަށް ފިލްމްގެ ޕްރޮޑަކްޝަން ހައުސްއިން ވަނީ ބުނެފައެވެ.

މީގެ އިތުރުން ރާއްޖޭގެ އެކި ރަށްރަށުގައި އާއި، ރިސޯޓް ތަކުގައި ފިލްމް ސްކްރީން ކުރުމަށް ބޭނުންވާ ފަރާތްތަކުން 7779621 އަށް ވައިބަރ މެދުވެރިކޮށް މެސެޖް ކުރެއްވުމަށްވެސް ޕްރޮޑަކްޝަން ހައުސްއިން ވަނީ ބުނެފައެވެ.

މިފިލްގެ ޓްރެއިލަރ އަދި ޓްރެއިލާރ ލޯންޗް ކޮށްފައިވާއިރު، ފިލްމްގެ ޕޯސްޓަރުން އެކަނިވެސް ފިލްމްގެ މަޖާކަން ފެނިގެން ދާއިރު، ފިލްމްގެ ޓްރެއިލަރ އިން ވަނީ އެކްޓަރުންގެ މޮޅު އެކްޓިންގައި ކެމެރާ އަދި އެޑިޓިންގެ ފުރިހަމަކަން ދައްކުވައިދީފައެވެ.

"ކޮސް ގިނަ މިސްޓޭކް" ވެގެންދާނީ މިއަހަރު އޮލިމްޕަހުގައި ރަހަތަފާތު ކޮށްލާ ފިލްމަކަށެވެ. ލޯބީގެ އިތުރުން ހިތްދަތި ކަމާއި، އިޖްތިމާޢީ ފިލްމްތަކަށް ފަހު ބެލުންތެރިން ހެއްވާލާ މާޖާ ފިލްމެއްގެ ގޮތުގައި ކޮސްގިނަ މިސްޓޭކް އޮލިމްޕަސް ސިނަމާއަށް އަންނަ އިރު، މި ފިލްމްގެ އިންތިޒާރުގައި މިހާރުވެސް ގިނަ ބެލުންތެރިން ތިބިކަން ފާހަގަކޮށްލެވެއެވެ.

ދިވެހި ފިލްމީ ދުނިޔޭގައި ކޮމެޑީ ޖޯންރާގެ ފިލްމްތައް އުފެއްދުމުގެ އެންމެ ކާމިޔާބު ޕްރޮޑަކްޝަން ހައުސްގެ ގޮތުގައި ފާހަގަ ކޮށްލެވޭ ޝައި ޕްރޮޑަކްޝަންގެ ފިލްމްތަކުގެ ތެރޭގައި ހިމެނޭ ނޯޓީފޯޓީ އާއި ފޯޓީ ޕްލަސް ފަދަ ހިޓް ފިލްމްތަކަށް ފަހު މިފިލްމްވެސް ވެގެންދާނީ ބެލުންތެރިން ކޮސްކޮށްލާ ހެއްވާލާނެ ވަރުގެ ފިލްމަކަށް ކަމަށް ޝައި ޕްރޮޑަކްޝަންގެ ވެރިޔާ އަދި މި ފިލްމްގެ ޕޮރޮޑިއުސަރ އިސްމާއިލް ޝަފީޤުވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު