ENGLISH
25 އޮކްޓޯބަރު 2025
މާލެއިން ނޭޕާލް އަންހެނަކު ގެއްލިގެން ހޯދަނީ
24 އޮކްޓޯބަރު 2025
|
ގެއްލިގެން ހޯދަމުންދާ މީހާ --
ނޭޕާލް އަންހެނަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.
ގެއްލިގެން ހޯދަމުންދަނީ ނޭޕާލް ރައްޔިތެއްކަމަށްވާ ޕޫރްނީމާ ގަޖްމަރ (19އ) އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ ޕޫރްނީމާ ގަޖްމާ ހޯދަމުން ދަނީ އޮކްޓޯބަރ 21 ވަނަ ދުވަހުގެ މެންދުރު 2:00 އެހައިކަންހާއިރުން ފެށިގެން ދިޔަ ތަނެއް ނޭނގި ގެއްލިފައިވާ ކަމަށް އިއްޔެ އިރު އެއްސި 06:56 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން ކަމަށެވެ. އަދި އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާއެކު ކަމާ ގުޅުންހުރި އެންމެހާ ބަހާތަކަށް އެކަމުގެ މައުލޫމާތު ހިއްސާކުރެވި، ހޯދުމަށް މިހަތާނަށް ކުރެވުނު މަސައްކަތުން އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް އަދި އުޅޭތަނެއް ހޯދިފައިނުވާ ކަމަށް ބުންޏެވެ.
ޕޫރްނީމާ ގަޖްމާ އާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ، މާފަންނު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9660183 އަށް ގުޅާ ހިއްސާކުރުމަށް އެދިފައިވެ އެވެ.