ENGLISH

25 އޮކްޓޯބަރު 2025

Advertisement

ޝަންގްރީ-ލާ ވިލިނގިލި އަލުން ހުޅުވުމުގެ ތައްޔާރީތަކާ ބެހޭ ގޮތުން މިނިސްޓަރު ޠާރިޤް މަޝްވަރާ ކުރައްވައިފި

24 އޮކްޓޯބަރު 2025

|

ހަސަން އާމިރު

ޝަންގްރީ-ލާ ވިލިނގިލި ރިސޯޓް އަލުން ހުޅުވުމާ ގުޅޭ ގޮތުން މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް ޠާރިޤު އިބްރާހިމް، ޝަންގްރީ-ލާ ގްރޫޕް ހެޑް އޮފް އިންވެސްޓްމަންޓް އެންޑް އެސެޓް މެނޭޖްމަންޓް، މިސްޓަރ ކްރިސް ފޮންގް އަދި ޝަންގްރީ-ލާ ވިލިނގިލީގެ އާ ޖެނެރަލް މެނޭޖަރު ހަރވޭ ޑޫބޮސްކްއާ ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުވުމުގައި މިސްޓަރ ފޮންގް އާއި މިސްޓަރ ޑޫބޮސްކް ވަނީ ޝަންގްރީ-ލާ ވިލިނގިލި ރިސޯޓް އަލުން ހުޅުވުމަށް ކުރެވޭ ތައްޔާރީތަކުގެ އެންމެ ފަހުގެ ކުރިއެރުންތަކާ ބެހޭ މައުލޫމާތު މިނިސްޓަރާ ހިއްސާކުރައްވާފަ އެވެ. މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ރިސޯޓް އަލުން ހުޅުވުމުގެ މަސައްކަތްތައް ކުރިއަށްދާ ގޮތުގެ ތަފްޞީލުތައް ސަރުކާރާ ހިއްސާކޮށް، ކުރިއަށް އޮތްތަނުގައި ރިސޯޓަށް ބޭނުންވާ އެއްބާރުލުން ހޯދުމެވެ.

ޝަންގްރީ-ލާ ވިލިނގިލި ރިސޯޓަކީ ދިވެހިރާއްޖޭގެ ދެކުނުގެ އައްޑޫ ސިޓީގައި އޮންނަ ރިސޯޓެކެވެ. މި ރިސޯޓް އަލުން ހުޅުވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ފަހުކޮޅުއެވެ. މި ރިސޯޓް ހުޅުވުމަށް ކުރެވޭ ތައްޔާރީތަކަކީ ދެކުނުގެ އިޤްތިޞާދަށާއި ވަޒީފާގެ ފުރުޞަތުތަކަށް މުހިންމު ދައުރެއް އަދާކުރާނެ ކަމެއް ކަމަށް ބެލެވެ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ އައްޑޫގެ އިގްތިސާދާ ގުޅިފައިވާ 500 އެނދުގެ ރިސޯޓް ބަންދުކުރީ ކޮވިޑާ ގުޅިގެން 2020 ވަނަ އަހަރު އެވެ. ޝަންގްރިލާ ބަންދުކުރިއިރު އެތަނުގައި 500 ވަރަަކަށް މީހުން ވަޒީފާ އަދާކުރަމުންދިޔައެވެ. 

ދިވެހިރާއްޖޭގައި އެއް ސަރަހައްދެއްގައި ވަޒީފާ ނެތް މީހުން ނިސްބަތުން އެންމެ ގިނަ އެއް ސިޓީއަކީ އައްޑޫ ސިޓީއެވެ. އައްޑޫ ސިޓީގައި ވަޒީފާ ނެތް ޒުވާނުން އިތުރުވާ އެއް ސަބަބަކީ އައްޑޫގައި އިގުތިސާދީ ފުރުސަތުތައް ފުޅާކުރެވިފައި ނެތުމެވެ. އައްޑޫގައި އުފެދިފައި ހުރި އިގުތިސާދީ މަދު ފުރުސަތުތައް ނެތިގެންދިއުމަކީ އިތުރަށް ވަޒީފާ މަދުވާނެ ކަމެކެވެ. 

އެހެންކަމުން، ޝަންްގްރިލާ ރިސޯޓު އަލުން ހުޅުވިގެންދިއުމަކީ ވަޒީފާގެ ފުރުސަތުތައް އިތުރުވާނެ ކަމެކެވެ. އެގޮތުން ރިސޯޓުން އުފެދޭ ވަޒީފާތަަކުގެ އިތުރަށް ރިސޯޓާ ގުޅިގެން އުފެދޭ އެކި އެހެނިހެން ވިޔަފާރިތަކުންވެސް ވަޒީފާގެ ފުރުސަތުތައް އައްޑޫއަށް ފަހިވާނެއެވެ. 

އޭގެ އިތުރަށް ޝަންގްރިލާ ފަދަ މަތީ ފަންތީގެ ރިސޯޓެއް އައްޑޫގައި އޮޕަރޭޓުކުރުމަކީ މިހާރު އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރާ އެއާލައިންތައް އިތުރުވެ، މިހާރުވެސް ދަތުރުކުރަމުންދާ އެއާއިލައިންގެ ފުލައިޓުތައް އިތުރުވާނެ ކަމެކެވެ. އަދި މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އައްޑޫއަށް ވެވަޑައިގެންނެވި ވައުދުފުޅުތައް ފުއްދަވާނެ ކަމުގެ ހެއްކެކެވެ.

ކިޔުންތެރިންގެ ހިޔާލު