ENGLISH
24 އޮކްޓޯބަރު 2025
ހިތަދޫގައި ދެމަފިރިއަކު ނިޔާވުން: ޖަނާޒާ މާދަމާ ހުކުރު ނަމާދަށް ފަހު
23 އޮކްޓޯބަރު 2025
|
ނިޔާވި ދެމަފިރީން --
އައްޑޫސިޓީ ހިތަދޫގެ ގެއެއްގެ ތެރޭގައި ނިޔާވެފައި އޮއްވާ ފެނުނު ދެ މީހުންގެ ޖަނާޒާ މާދަމާ ބޭއްވުމަށް ހަމަޖައްސައިފި އެވެ.
ނިޔާވެފައި އޮއްވާ ފެނުނީ އިބްރާހިމް އަބްދުﷲ, ކުރޭންގެ / ހިތަދޫ (އުމުރުން 60 އަހަރު) އާއި ފަރަހަނާޒް ރަޝީދު, ނާރެސް / މަރަދޫ (އުމުރުން 52 އަހަރު) އެވެ. އެއީ ދެމަފިރީންނެވެ.
މިރެއާ ހަމައަށް އެ ދެ މީހުންގެ ހަށިގަނޑު އޮތީ އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގެ މޯޗަރީގަ އެވެ.
އާއިލާ އިން ބުނީ އެ ދެ މީހުންގެ ހަށިގަނޑު މިހާރު އާއިލާއާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި ޖަނާޒާ މާދަމާ ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. ޖަނާޒާ އޮންނާނީ ހިތަދޫ، މަސްޖިދުއްތަގުވާ -- ހުސައިން މޫސާ މިސްކިތުގަ އެވެ.
ފުލުހުން ބުނީ މި މައްސަލާގައި މިހާތަނަށް ބެލި ބެލުމުން ތުހުމަތު ކުރެވޭ ކަމެއް ފާހަގަ ކުރެވިފައިނުވާ ކަމަށެވެ.