ENGLISH
24 އޮކްޓޯބަރު 2025
ރަސްދޫ ބަނދަރުގެ ބޭރުތޮށި ލުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ކުރިއަށްދަނީ
23 އޮކްޓޯބަރު 2025
|
ރަސްދޫ ބަނދަރުގެ މަސައްކަތުގެ ތެރެއިން--ފޮޓޯ:އެމްޓީސީސީ
އއ. ރަސްދޫ ބަނދަރުގެ ބޭރުތޮށިލުމާއި، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެމްޓީސީސީ އިން ބުނީ މިހާރު ކުރިއަށްދަނީ ގޮނޑުދޮށަށް ފަސްއަޅާ ހިއްކުމުގެ މަސައްކަތް ކަމަށެވެ.
މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކަކީ:
މީގެ އިތުރުންވެސް ރޭމްޕެއް ހެދުމާއި، ނެރު ބައްތިއާއި ބަނދަރު ބައްތި ހަރުކުރުންވެސް މި މަޝްރޫއުގައި ހިމެނެއެވެ.
މި މަޝްރޫއަކީ 80.44 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.
ގާތްގަނޑަކަށް 1،300 އެއްހާ އާބާދީއެއް ދިރިއުޅޭ ރަސްދޫއަކީ، ވަރަށް ހަލުވިކަމާއެކު ގެސްޓް ހައުސް ވިޔަފާރި ކުރިއަރަމުން އަންނަ ރަށެކެވެ. މި ރަށުގެ ބަނދަރު ކުޑަ ކަމުން އަރައިފައިބާ މީހުންނަށް ތަކުލީފުތަކަކާ ކުރިމަތިލާން ޖެހެއެވެ.
އެހެންކަމުން މި މަޝްރޫޢު ނިމުމުން، އަރައި ފޭބުމުގައި ދިމާވަމުން ދިޔަ ދަތިތަކަށް ހައްލެއްލިބި ރަށަށް އިތުރު ތަރައްޤީއަކާ ކުރިއެރުމެއް ލިބިގެންދާނެއެވެ. އަދި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ނިމުމުން، ރަށް ގިރުމުގެ ބިރުވެރިކަމުން އެރަށު ރައްޔިތުން ސަލާމަތްވާނެއެވެ.