ENGLISH
24 އޮކްޓޯބަރު 2025
އުކުޅަހު ފުލުހުންގެ އިމާރާތްގެ ވަށާ ފާރު ރޭނުމުގެ މަސައްކަތް ފަށައިފި
23 އޮކްޓޯބަރު 2025
|
އއ. އުކުޅަހުގައި އިމާރާތްކުރާ ފުލުހުންގެ އިދާރާގެ ވަށާ ފާރު ރޭނުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެމްޓީސީސީން ބުނީ މިހާރު ކުރިއަށް ދަނީ ތިރީބުރީގެ ވަށާ ފާރު ރޭނުމުގެ މަސައްކަތް ކަމަށެވެ.
އުކުޅަހު ފުލުހުންގެ މަރުކަޒުގެ މަސައްކަތް ރަސްމީކޮށް ފަށާފައި ވަނީ، އޮގަސްޓު މަހު ރައީސުލްޖުމްހޫރިއްޔާ އެރަށަށް ވަޑައިގެން ބޭއްވި ޚާހާއްސަ ރަސްމިއްޔާތެއްގަ އެވެ. ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ފަށްޓަވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު، ޢަލީ އިޙްސާނާއި، ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން އާއި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ސަޢުދީ އެވެ.
އުކުޅަހު ފުލުހުންގެ މަރުކަޒު ބިނާކުރުމުގެ މަޝްރޫޢުގެ ދަށުން، 5200 އަކަފޫޓްގެ ސަރަޙައްދެއްގައި ފުލުހުންގެ އިދާރާ ގާއިމްކުރުމާއެކު، ކުށްވެރިން ބައިތިއްބާ ގޮޅިބަރިއެއް ހެދުމަށްވަނީ ހަމަޖެހިފަ އެވެ.
މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 240 ދުވަސްތެރޭ ނިންމާގޮތަށް 7.11 މިލިއަން ރުފިޔާއަށެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުން ޤާއިމުވެ ތިބެ ޚިދުމަތް ދޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅު، މިހާރު ވަނީ ފުރިހަމަ ކުރައްވާފަ އެވެ. ރައީސް މިކަން އިއުލާން ކުރެއްވީ، ލ. އަތޮޅު މީހުންއުޅޭ ރަށްތަކަށް މި ހަފްތާގައި ކުރެއްވި ދަތުރުފުޅު ތެރެއިން ލ. ގަމުގައި ބޭއްވި ޖަލްސާގައެވެ.