ENGLISH

22 އޮކްޓޯބަރު 2025

Advertisement

ރިބާއާ ގުޅޭ ޚުތުބާއާ ވެރިމީހާގެ މަސްއޫލިއްޔަތާ ގުޅޭ ޚުތުބާ ނުކިޔަން އަންގާ ސޯލިޙް ސަރުކާރުން އޮތީ ފޮރުވާފައި: މިނިސްޓަރު ޝަހީމް

22 އޮކްޓޯބަރު 2025

|

އަޙުމަދު ޙަމީދު

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު ޝަހީމް ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: މަޖިލީސް

ރިބާއާ ގުޅޭ ޚުތުބާއާ ވެރިމީހާގެ މަސްއޫލިއްޔަތާ ގުޅޭ ޚުތުބާ ނުކިޔަން އަންގާ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙް ސަރުކާރުން އޮތީ އެ ދެ ޚުތުބާ ފޮރުވާފައި ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު މިއަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޝަހީމް މިހެން ވިދާޅުވީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސައިން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މެންބަރު ވަނީ ޚުތުބާތައް ތައްޔާރުކުރާއިރު އިސްލާމީ ތާރީޚާއި ކަންކަމުގައި ދީނުގައި އޮތްގޮތް ބަޔާންކޮށްދީ ރައްޔިތުންނަށް ބުނެދޭން ކިހާ ވަރަކަށް އިސްކަން ދެއްވަންތޯ ސުވާލު ކުރައްވާފަ އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އިސްލާމް ދީނުގައި އޮންނަ ކަމެއް ފޮރުވާފައި ބާއްވައިގެން ނުވާނެ ކަމަށެވެ. އަދި ޚުތުބާތަކުގައި އެ ވާހަކަތައް ބުނެދޭން ޖެހޭ ކަމަށެވެ.

ނަމަވެސް ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ޝެޑިއުލް ކުރުމަށް ފަހު ދެ ޚުތުބާއެއް ނުކިޔަން އަންގާ އެ ދެ ޚުތުބާ ފޮރުވާފައިވާ ކަމަށެވެ. އެއީ ވަރަށް މުހިންމު ދެ ޚުތުބާއެއްކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ އެ ދެ ޚުތުބާ މި ސަރުކާރުން ކިޔާފައިވާ ކަމަށެވެ.

"ވޭތުވެދިޔަ ފަސް އަހަރުތެރޭ ދެ ހުތުބާއެއް އޮތް ފޮރުވާފައި. ދެ ހުތުބާއެއް ފޮރުވާފައި އޮތް. އެއް ހުތުބާއަކީ ރިބާގެ ހުތުބާ އަނެއްް ހުތުބާއަކީ ވެރިމީހާގެ މަސްއޫލިއްޔަތާއި ގުޅޭ ހުތުބާ. މީގެ ތެރެއިން އެއް ހުތުބާ ލިޔުއްވީ އުސްތާޒު އިބްރާހިމް ރަޝީދު މޫސާ އަނެއް ހުތުބާ ލިޔުއްވި ބޭފުޅަކު ސީދާ މިވަގުތަކު ހަނދާނެއް ނެތް. މި ހުތުބާ ކިޔަން ޝެޑިއުލްކޮށްފައި އޮއްވާ މި ހުތުބާތައް އޮތީ ނުކިޔާގޮތަށް ނިންމާފައި ފޮރުވާފައި. އެހެން އޮއްވާ މި ސަރުކާރުން ވާނީ މި ދެ ހުތުބާ މިދިޔަ އަހަރު ކިޔާފައި," މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު