ENGLISH
22 އޮކްޓޯބަރު 2025
އެމްއޭސީއެލްގެ ބޯޑް މެންބަރު ކަމަށް މުޖްތަބާ އައްޔަނުކުރައްވައިފި
22 އޮކްޓޯބަރު 2025
|
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ބޯޑުގެ އެގްޒެކްޓިވް މެމްބަރުގެ މަޤާމަށް ބޭފުޅަކު އައްޔަނު ކުރައްވައިފި އެވެ.
ކުންފުނިތަކުގެ ބެލެނިވެރިޔާ -- ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީން) އިން ބުނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ބޯޑުގެ އެގްޒެކްޓިވް މެމްބަރުގެ މަޤާމަށް ގއ. ދާންދޫ، މުޝްތަރީގޭ މުޖްތަބާ ލަތީފް ވަނީ އައްޔަނުކޮށްފައިވާ ކަމަށެވެ.
މުޖްތަބާ ލަތީފަކީ އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރގެ މަޤާމުގައި ހުންނެވި ބޭފުޅެކެވެ.
އެމްއޭސީއެލްގެ ބޯޑްގެ ޗެއާޕާސަން އަކީ އައިޝާ ނޫރްއިން ޖަނާހް އެވެ. ދެން ބޯޑްގައި ހިމެނިވަޑައިގަންނަވަނީ އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދާއި އިބްހީރާހިމް ސިޔާދު ޤާސިމންގެ އިތުރުން އިބްރާހިމް މަހްދީއާ ސަހާ ވަހީދެވެ.