ENGLISH

19 އޮކްޓޯބަރު 2025

Advertisement

ބީއެމްއެލްގެ އެހީގައި މިއަހަރުގެ "ޕިންކް ރިބަން ރަން-ވޯކް" 36 ރަށެއްގައި، ވަރަށް ކާމިޔާބު

18 އޮކްޓޯބަރު 2025

|

އަޙުމަދު ޙަމީދު

މިއަހަރުގެ "ޕިންކް ރިބަން ރަން-ވޯކް" ކާމިޔާބު ކަމާއެކު ވަނީ ބާއްވާފައި --

މިއަހަރުގެ "ޕިންކް ރިބަން ރަން-ވޯކް" ކާމިޔާބު ކަމާއެކު ބާއްވައިފި އެވެ.

ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް (ސީއެސްއެމް) އިން ބުނީ މިއަދު ބޭއްވި ޕިންކްރިބަން ރަން-ވޯކް އަށް ބޭންކް އޮފް މޯލްޑިވްސް އިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

މި އަހަރުގެ  ޕިންކް ރިބަން ރަން ހުޅުމާލޭ ސެންޓްރަލް ޕާކުގެ އިތުރުން 32 ރަށެއްގަޔާއި 3 ރިސޯޓުގައިވެސް ބާއްވާފައިވެއެވެ. މި އިވެންޓަކީ  އުރަމަތީގެކެންސަރަށް މީހުން ހޭލުންތެރި ކުރުމަށް ސީއެސްއެމް އިން ބާއްވާ ހަރަކާތެކެވެ. 

ސީއެސްއެމް އިން ކެންސަރަށް މީހުން ހޭލުންތެރި ކުރުމަށާއި، ކެންސަރު ބައްޔަށްފަރުވާ ބޭނުންވާ ފަރާތްތަކަށް ސައިކޯސޯޝަލް އެހީ ފޯރުކޮށްދިނުމަށް އެކި ހަރަކާތްތައް ހިންގައެވެ.

ބޭންކް އޮފް މޯލްޑިވްސް އިން އަންނަނީ 2016 ވަނަ އަހަރުން ފެށިގެން ޕިންކްރިބަން ރަން-ވޯކް ބޭއްވުމަށް އެހީތެރިވަމުންނެވެ. އަދި ސީއެސްއެމްގެ އެކިހަރަކާތްތަކަށް އެހީތެރިވުމުގެ ގޮތުން ބޭންކުން މާލީ އެހީތެރިކަންވެސް ފޯރުކޮށްދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު