ENGLISH
19 އޮކްޓޯބަރު 2025
ގައުމީ ކުޅުންތެރިންނަށް ދޭ އެލަވަންސް ބޮޑުކުރުން: ކުޅުންތެރީން އިތުރަށް މޯޓިވޭޓްވާނެ، ނަރީޝްގެ ޝުކުރު ރައީސަށް
18 އޮކްޓޯބަރު 2025
|
ނަރީޝް، ރައީސް މުޢިއްޒުއާ ސަލާމް ކުރައްވަނީ
އެކި ކުޅިވަރުތަކުގައި ގައުމީ ޓީމުތަކުގައި ރާއްޖެ ތަމްސީލުކުރާ ކުޅުންތެރިންނަށާއި އޮފިޝަަލުންނަށް ކޮންމެ މަހަކު ސަރުކާރުން ދޭ އެލަވެންސް ބޮޑުކުރަން ނިންމި ނިންމުމާއެކު ޓީމްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރާ މަސައްކަތުގައި ކުޅުންތެރިންގެ މޯޓިވޭޝަނަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް އެޑްވައިޒަރު ޓު މިނިސްޓަރު އޮފް ޔޫތް އެޕަރވަމަންޓް އިންފޮމޭޝަން އެންޑް އަރޓްސް އަޙްމަދު ނަރީޝް ވިދާޅުވެއްޖެ އެވެ.
މީގެ ކުރިން ގައުމީ ޓީމުގެ ކުޅުންތެރިންނާއި، އޮފިޝަލުންނަށް ދެމުންއައީ މަހެއްގެ މައްޗަށް 5،000 ރުފިޔާގެ އެލަވަންސެކެވެ. ސަރުކާރުން ނިންމާފައިވަނީ އެ އެލަވަންސް 7،000 ރުފިޔާއަށް އިތުރުކުރުމަށެވެ.
މި އަހަރުގެ ރިޔާސީ ބަޔާނުގައި ކުޅިވަރުގެ ދާއިރާ ތަރައްގީކުރުމަށް ސަރުކާރުން މި އަހަރު ތަންފީޒުކުރާ ސިޔާސަތުތަކާމެދު ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުވަނީ ގައުމީ ޓީމުތަކުގައި އެކި ކުޅިވަރުތަކުގައި ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ ތަމްސީލުކުރާ ކުޅުންތެރިންނަށް ސަރުކާރުން ދެމުންދާ އެލަވަންސް އިތުރުކޮށްދެއްވާނެ ކަމަަށް ވިދާޅުވެފައެވެ.
އެ ވަޢުދު ފުއްދެވި ޙަޤީޤީ ކުލަ ޖެހުން ފާހަގަކުރައްވާ ނަރީޝް ވިދާޅުވީ ރާއްޖެ ތަމްސީލްކުރާ ކޮންމެ އެތްލީޓަކީ އަމިއްލަގޮތުން އެއް ފެންވަރެއްގައި ދެމިހުރުމަށް ވަރަށް ބޮޑު ޤުރުބާނީ އެއް ވަމުންދާ އެތުލީޓުން ކަމަށެވެ. އަދި ކުޅުންތެރީންގެ އެލަވަންސްއަށް ހެޔޮ ބަދަލެއް އައުމުން އެސޯސިއޭޝަންތަކުންނާއި ކުޅިވަރާއިބެހޭ ވުޒާރާއިންނާއި ސަރުކާރުން ދިވެހިރާއްޖެ ތަމްސީލް އެކި ކުޅިވަރުތަކުގައި ވަދާކުރާ ޓީމްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ކުރާ މަސައްކަތުގައި ކުޅުންތެރިންގެ މޯޓިވޭޝަނަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ.
އަދި ރަނގަޅު ނަތީޖާ ހޯދުމުގައި އިތުރު ފޯރިޔަކާއި ޖޯޝެއް އަންނާނެ ކަން ޔަގީން ކުރައްވާ ކަމުގައި ވިދާޅުވި އެވެ.
“ބައިނަލްއަޤުވާމީ މައިދާނުގައި ގައުމު ތަމްސީލު ކުރިމަކީ ކުޑަ މަސައްކަތެއް ނޫން. އެއީ ވަރަށް ބޮޑު ޤުރުބާނީއެއް. ސަރުކާރުން އެކަން ބަލައިގަނެ އެޕްރިޝިއޭޓް ކުރާމިންވަރު މި ކަމުން ސާފުވޭ. ޝުކުރިއްޔާ ރައީސް،” ނަރީޝްގެ ޕޯސްޓްގައި ވިދާޅުވެފައިވެ އެވެ.
ބުރާސްފަަތި ދުވަހު ކުޅިވަރާ ބެހޭ ވުޒާރާއިން ނެރުނު ސާކިއުލާއެއްގައި ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް ދޭ އިނާޔަތް އިތުރުކުރަން ނިންމިކަން ހުރިހާ އެސޯސިއޭޝަންތަކަށް އަންގާފައެވެ. އެ ސާކިއުލާގައި ބުނެފައިވަނީ މި އަހަރުގެ މޭ މަހުން ފެށިގެން ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް ދޭ އެލަވަންސް ބޮޑުކޮށްފައިވާ ކަމަށެވެ.
އެގޮތުން ގައުމީ ޓީމުތަކުގެ ކުޅުންތެރިންނާއި، އޮފިޝަަލުންނާއި، "ޕެރަ" ކުޅުންތެރިންނަށް ބޮޑުކުރި އެލަވަންސް ލިބެމުންދާނެ ކަމުގައި މިނިސްޓްރީގެ ސާކިއުލާގައި ބުނެފައިވެއެވެ.
ކުޅިވަރު ވުޒާރާއިން އަންގާފައިވާ ގޮތުގައި، 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު 15 އިން ފެށިގެން އެސޯސިއޭޝަންތަކުގެ މުސާރަ ޝީޓްތަކުގައި 7،000 ރުފިޔާގެ އެލަވަންސް ހިމަނަންވާނެއެވެ. އަދި 2025 ވަނަ އަހަރުގެ މޭ މަހުން ފެށިގެން އިތުރުކުރެވުނު މުސާރައިގެ ބާކީ ހުރި އަދަދު ކުޅުންތެރިންނަށް ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ވުޒާރާއިން ހާމަކޮށްފައިވެއެވެ.