ENGLISH

16 އޮކްޓޯބަރު 2025

Advertisement

ވަށަފަރުގައި ޒަމާނީ ވޮލީ ކޯޓެއް ޤާއިމުކުރުމަށް އެމްޓީސީސީއަށް

16 އޮކްޓޯބަރު 2025

|

އަޙުމަދު ޙަމީދު

ތިލަދުންމަތީ އުތުރުބުރީ ވަށަފަރުގައި ޒަމާނީ ވޮލީ ކޯޓެއް ޤާއިމުކުރުމަށް ނިންމާ އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށް މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާގައި މިއަދު އޮތް ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޖަމްޝާދު އެވެ.

މީގެ އިތުރުޔން އިތުރު 10 ރަށެއްގައި ޒަމާނީ ވޮލީ ކޯޓާއި ފުޓްސަލް ދަނޑާއި ފިޓްނަސް ރިކުރިއޭޝަން ސެންޓަރު ޤާއިމުކުރުމަށް ނިންމާ އެ މަސައްކަތް ވެސް ވަނީ އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ.

* ލ. ފޮނަދޫ - ފުޓްސަލް ދަނޑު ޤާއިމުކުރުން

* ލ. ހިތަދޫ - އައުޓް ޑޯ ވޮލީ ކޯޓް ޤާއިމުކުރުން

* ލ. މާވަށް - އައުޓް ޑޯ ވޮލީ ކޯޓް ޤާއިމުކުރުން

* ހއ. ވަށަފަރު - ޒަމާނީ ވޮލީ ކޯޓެއް ޤާއިމުކުރުން

* ކ. މާފުށި - ފިޓްނަސް ރިކުރިއޭޝަން ސެންޓަރު ޤާއިމުކުރުން

* ކ. ދިއްފުށި - ފިޓްނަސް ރިކުރިއޭޝަން ސެންޓަރު ޤާއިމުކުރުން

* ކ. ގުޅި - ފިޓްނަސް ރިކުރިއޭޝަން ސެންޓަރު ޤާއިމުކުރުން

* ކ. ތުލުސްދޫ - ފިޓްނަސް ރިކުރިއޭޝަން ސެންޓަރު ޤާއިމުކުރުން

* ކ. ހިންމަފުށި - ފިޓްނަސް ރިކުރިއޭޝަން ސެންޓަރު ޤާއިމުކުރުން

* ކ. ހުރާ - ފިޓްނަސް ރިކުރިއޭޝަން ސެންޓަރު ޤާއިމުކުރުން

މިއަދު އޮތް ރަސްމިއްޔާތުގައި މި ރަށްތައް ހިމެނޭ ދާއިރާތަކުގެ މަޖިލީސް މެންބަރުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

ކިޔުންތެރިންގެ ހިޔާލު