ENGLISH

16 އޮކްޓޯބަރު 2025

Advertisement

ސިނގިރޭޓް ވަގަށް ނެގި މައްސަލަ: ކަސްޓަމްސްގެ ސުޕްރިންޓެންޑެންޓް ސަސްޕެންޑް

15 އޮކްޓޯބަރު 2025

|

އަޙުމަދު ޙަމީދު

ސުޕްރިންޓެންޑެންޓް ޒިވާރު އިސްމާޢީލް

ކަސްޓަމްސްއިން ތަހުޤީޤު ކުރަމުންދާ މައްސަލައެއްގައި ހިމެނޭ ސިނގިރޭޓް ގެއްލިފައިވާ މައްސަލައިގައި ތުހުމަތުކުރެވޭ އެ ސަރވިސްގެ މުވައްޒަފް, ސުޕްރިންޓެންޑެންޓް ޒިވާރު އިސްމާޢީލް ސަސްޕެންޑް ކޮށްފަ އެވެ.

ކަސްޓަމުން ދެންމެ ބުނީ މިއަދުން ފެށިގެން އޭނާ ވަޒީފާ އިން ސަސްޕެންޑު ކޮށްފައިވާ ކަމަށެވެ. އަދި ތަހުޤީޤަށް ފާހަގަކުރެވޭ ކަންކަމަށް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށެވެ.

މޯލްޑިވްސް ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނާ ސިނގިރޭޓް ވަގަށް ނެގި މައްސަލާގައި ޒިވާރު އިސްމާޢީލް ހިމެނޭހެން ހަތަރު މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ. އެއީ އެޕޯލޯ ކުންފުނީގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އާއި ލޮޓަސް ފިހާރަތަކުގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އާއި ހ. ނިއުހެޕިނަސް މުއާޒް އަލީ

މި މީހުންގެ ތެރެއިން ޒިވާރު ފަސް ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.

ފުލުހުން ބުނި ގޮތުގައި ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނާ ސިނގިރޭޓް ވަގަށް ނެގުމުގައި އެކަން ރާވާ ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ތުހުމަތު ކުރެވެނީ މި ހަތަރު މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު