ENGLISH

16 އޮކްޓޯބަރު 2025

Advertisement

ރައީސުލްޖުމްހޫރިއްޔާ، ށ. މިލަންދޫ ރަށު ކައުންސިލް އަދި އ.ތ.މ. ކޮމިޓީއާ ބައްދަލުކުރެއްވުން

15 އޮކްޓޯބަރު 2025

|

ހަސަން އާމިރު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިލަދުންމަޑުލު އުތުރުބުރީ މިލަންދޫ ކައުންސިލާއި، އ.ތ.މ. ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި. މި ބައްދަލުކުރެއްވުން ކުރިއަށްގެންދިޔައީ މިލަންދޫ ކައުންސިލް އިދާރާގަ. މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ދެއްކެވި ވާހަކަފުޅުގައި ރަށުގެ ތަރައްޤީއަށް އެންމެ ބޭނުން ކަންކަން ވަނީ ހިއްސާކުރައްވާފަ. އެގޮތުން ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، ރަށުގައި ވެމްކޯގެ ޚިދުމަތް ފެށުމަށް ބޭނުންވާ ހުރިހާ ކަމެއް ނިމިފައިވާތީ އެ ޚިދުމަތް ފެށުމާއި، ޕަބްލިކް ވޯރކްސް ޔުނިޓެއް ޤާއިމްކޮށްދެއްވުމާއި، ބަނދަރު ސަރަހައްދުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާއިރު އައިސް ލިބޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވުން ހިމެނޭ. މީގެ އިތުރުންވެސް، ރަށުގައި ހަދާ ނިމެމުންދާ 50 ހައުސިންގ ޔުނިޓް ހިމެނޭ ސަރަހައްދަށް ފެނާއި ނަރުދަމާ އަދި ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދެއްވުމަށާއި، ރަށުގައި އާރު.ޓީ.އެލް ބަހުގެ ޚިދުމަތް ފޯރުކޮށްދެއްވުމުގެ އިތުރުން އެއާޕޯޓް ތަރައްޤީ ކުރެވެމުންދާއިރު ރަށުގައި ސިޓީ ހޮޓަލެއް އަޅުއްވައިދެއްވުމަށް ވެސް މެންބަރުން ވަނީ އެދިވަޑައިގެންފަ.

ކިޔުންތެރިންގެ ހިޔާލު