ENGLISH

16 އޮކްޓޯބަރު 2025

Advertisement

މަރޮށި ކައުންސިލާ ރައީސް ބައްދަލު ކުރެއްވުން

15 އޮކްޓޯބަރު 2025

|

ހަސަން އާމިރު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ށ. މަރޮށި ކައުންސިލާއި، އ.ތ.މ. ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި. މި ބައްދަލުކުރެއްވުން ކުރިއަށްގެންދިޔައީ މަރޮށި މަދުރަސަތުލް މުނައްވަރާގެ އޮފީހުގަ. މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ދެއްކެވި ވާހަކަފުޅުގައި ރަށުގެ ތަރައްޤީއަށް އެންމެ ބޭނުން ކަންކަން ވަނީ ހިއްސާކުރައްވާފަ. އެގޮތުން ރަށުގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، އިރުމަތީ ފަރާތުން ގިރާ ސަރަހައްދުވެސް ހިމާޔަތްކޮށްދެއްވުމަށާއި، މަގުހެދުމުގެ މަޝްރޫޢު ކުރިއަށްދާއިރު މަގާއި ގުޅިފައިވާ މަގުތައް ހައްދަވައިދެއްވުމަށް ކައުންސިލުން ހުށައެޅުއްވި. އަދި، ސްކޫލްގައި މަލްޓި ޕަރޕަސް ހޯލެއް ނެތުމުން ދިމާވާ ދަތިތައްވެސް މެންބަރުން ހިއްސާކުރެއްވި. މީގެއިތުރުން، އޮޑިއެހެލާނެ ސަރަހައްދެއް ހައްދަވައިދެއްވުމަށާއި، ރަށުގެ ނެރު ހުރިގޮތުން މިހާރު އެކި މޫސުމުގައި ބޭނުންނުކުރެވޭތީ އެކަން ހައްލުކޮށްދެއްވުމަށާއި، ރައްޔިތުން ދަތުރުދާނެ ރަށެއް ހައްދަވައިދެއްވުމުގެ އިތުރުން ހެލްތު ސެންޓަރަށް މުވައްޒަފުން އިތުރުކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވި.

ކިޔުންތެރިންގެ ހިޔާލު