ENGLISH

15 އޮކްޓޯބަރު 2025

Advertisement

ކޮބާ ތައްޔާރު! މާދަމާ ރޭ "އަލިފާން" ފެންނާނެ

05 އޮކްޓޯބަރު 2025

|

އަޙުމަދު ޙަމީދު

ޑާކްރެއިންގެ އަލިފާން މާދަމާ ރޭ ޕްރިމިއާ ކުރާނެ --

ރާއްޖޭގެ އެންމެ ކާމިޔާބު ފިލްމު ސްޓޫޑިއޯ -- ޑާކްރެއިން އެންޓަރޓައިމަންޓްގެ އައު ފިލްމް "އަލިފާން" މާދަމާ ރޭ ޕްރިމިއާ ކުރާނެ އެވެ.

ދިވެހި ސިނަމާއަށް ތަފާތު މޮޅު ފިލްމުތައް ގެނެސްދޭ ޑާކްރެއިންގެ މި ފަހަރުގެ ފިލްމުވެސް ވަރަށް ތަފާތު ވާނެ ކަމަށް ބެލެވެ އެވެ. ފިލްމުގެ އޮފިޝަލް ޓްރެއިލާއާ ޕޯސްޓަރަކުން އެކަން ޔަޤީން ކުރެވެ އެވެ.

މި ފިލްމު ހުރިހާ ގޮތަކުން ވެސް މޮޅުވެފައި ތަފާތު ވާނެ ކަމަށް ބެލެވޭއިރު މިއީ މުޖްތަމައުގެ އަނދިރި ފަރާތުގަައި ހިނގާ ވަރަށް ގިނަ ކަންކަން ދައްކުވައިދޭ ޝައުގުވެރި ފިލްމަކަށް ވާނެ ކަމަށް ވެސް ބެލެވެ އެވެ.

މި ފިލްމުން ވެސް އެންްމެ ފާހަގަކޮށްލެވޭނެ އަދި އަޅައިގަންނާނެ ކަމަކީ މަންޒަރުތަކުގެ ހިތްގައިމު ކަމެވެ. ޑާރްކެއިންގެ އުފެއްދުންތަކުގެ ބިއުޓީ އަކީ ވެސް އެއީ އެވެ. އެ ސްޓޫޑިއޯގެ އުފެއްދުންތަކުގެ މަންޒަރުތައް ގެނެސްދީފައި ހުންނަލެއް ފުރިހަމަ ކަމެވެ.

މި ފިލްމުގައި މައިގަނޑު ތަރީންގެ ތެރޭގައި ޝީލާ ނަޖީބު, މުޙައްމަދު ފައިސަލް, ރަވީ ފާރޫގް އަދި ޝަރަފުއްދީން ހިމެނެ އެވެ.

އެންމެ ފަހުން އޮތް ފިލްމު އެވޯޑްސްގައި އެންމެ ގިނަ އެވޯޑް ހޯދި ޑާކްރެއިންގެ މި ފަހަރު ފިލްމް "އަލިފާން" މިއީ އެ ސްޓޫޑިއޯގެ ކާމިޔާބަށް އިތުރުވާނެ ބޮޅަކަށްވާނެ ކަމުގެ ޔަގީންކަން ބޮޑެވެ.

ކިޔުންތެރިންގެ ހިޔާލު