ENGLISH

18 ސެޕްޓެމްބަރު 2025

Advertisement

ގުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތް މިރޭ ފަށަނީ، މިއަހަރު 1037 ބައިވެރިން

18 ސެޕްޓެމްބަރު 2025

|

ޢަލީ ޝަހީމް

ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތެއްގައި ދަރިވަރަކު ޤުރުއާން ކިޔަވަނީ. ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތް މިރޭ ފަށާނެއެވެ. 

އެ ވުޒާރާއިން ބުނީ މިއަހަރުގެ މުބާރާތް ކުރިއަށްދާނީ ސެޕްޓެމްބަރު 18 އިން ސެޕްޓެމްބަރު 26 ގެ ނިޔަލަށް ކަމަށެވެ. މިއަހަރުގެ މުބާރާތުގައި 119 މުއައްސަސާއަކުން 1037 ބައިވެރިން ވާދަކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮފީގައި 582 ބައިވެރިން އަދި ނުބަލައި ކިޔެވުމުގެ ބައިގައި ވާދަކުރާ 424 ގެ އިތުރުން ޙާފިޒުންގެ ބައިގައި ވާދަކުރާ 31 ބައިވެރިންނެވެ. 

މުބާރާތް ފެށުމުގެ ޚާއްޞަ ރަސްމިއްޔާތު އޮންނާނީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ. މިއަހަރުގެ މުބާރާތުގެ ބަލައިގެން ކިޔެވުމުގެ ބައި ކުރިއަށްދާނީ ސަލްމާން ރަސްގެފާނު މިސްކިތުގެ ހަތަރު ވަނަ ފަންގިފިލާގެ އޮޑިޓޯރިއަމްގައެވެ. އަދި، ނުބަލައި ކިޔެވުމުގެ ބައި ކުރިއަށްދާނީ އެ މިސްކިތުގެ ފަސްވަނަ ފަންގިފިލާގެ މަލްޓިޕާޕަސް ހޯލުގައެވެ. 

ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތް ފެންވަރު ރަނގަޅުކޮށް ފާހަގަކޮށްލެވޭ މުބާރާތަކަށް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރައްވާ މަސައްކަތެކެވެ. އަދި، ގުރުއާނުގެ ޢިލްމު ފުޅާކުރުމުގެ ގޮތުން ސަރުކާރުން އަންނަނީ މުޅި ރާއްޖެ ހިމެނޭހެން ގިނަ މަޝްރޫޢުތަކެއް ހިންގަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު