ENGLISH

18 ސެޕްޓެމްބަރު 2025

Advertisement

އުސްގެކޮޅު އިމާރސިވް މިއުޒިއަމެއް ގޮތުގައި ތަރައްޤީކުރަނީ

18 ސެޕްޓެމްބަރު 2025

|

އަޙުމަދު ޙަމީދު

އުސްގެކޮޅު އިމާރސިވް މިއުޒިއަމެއް ގޮތުގައި ތަރައްޤީކުރަނީ

އުސްގެކޮޅު އިމާރސިވް މިއުޒިއަމެއް ގޮތުގައި ތަރައްޤީކުރުމުގެ މަޝްރޫޢުއާ ބެހޭ މަޝްވަރާ ބައްދަލުވުމެއް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑު (އެފް.ޑީ.ސީ)އާއެކު ބާއްވައިފި އެވެ.

އުސްގެކޮޅު ތަރައްޤީ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅުތަކުގެ ތެރެއިން، ދިވެހިރާއްޖޭގެ ތަރީޚާއި ޤައުމީ ތަރިކަ އާލާކޮށް ދިރުވައި އަންނަން އޮތް ޖީލުތަކަށް ވާސިލުކޮށްދިނުމުގެ މަސައްކަތުގެ ބައެކެވެ.

ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ބުނީ މި ބައްދަލުވުމުގައި އުސްގެކޮޅާއި ކަޅުވަކަރު މިސްކިތް ސަރަހައްދު ހިމެނޭހެން އިންޓަރެކްޓިވް އިމާރސިވް މިއުޒިއަމެއް ތަރައްޤީކުރުމަށް އެފްޑީސީ އިން މި ވުޒާރާއަށް ވެދެއްވެން އޮތް ހުރިހައި އެހީތެރިކަމެއް ފޯރުކޮށްދެއްވާނެކަމުގެ ޔަޤީންކަން ދީފައިވާ ކަމަށެވެ.

މިގޮތުން މި މަޝްރޫޢުގެ ޓެކްނިކަލް މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދެއްވުމާއި ކޮންސަލްޓަންޓެއްގެ ގޮތުގައި އެހީތެރިވެދެއްވުން ހިމެނެ އެވެ. މި މަޝްރޫޢުގެ ދަށުން ދެ ފަރާތުން މިހާތަނަށް ކޮށްފައިވާ މަސައްކަތުގެ ތެރޭގައި އިމާރސިވް މިއުޒިއަމެއް ގޮތުގައި ތަރައްޤީކުރުމަށް ނިންމާފައިވާ ސަރަޙައްދުގެ ސައިޓު ސާރވޭކުރުން ހިމެނެއެވެ. 

އުސްގެކޮޅު އިމާރސިވް މިއުޒިއަމެއް ގޮތުގައި ތަރައްޤީކުރުމުގެ މަޝްރޫޢުއާ ގުޅިގެން މި ވުޒާރާއާއި ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑާ އެކު ފަހުމުނާމާއެއްގައި މިރޭ ސޮއިކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު