ENGLISH

15 ސެޕްޓެމްބަރު 2025

Advertisement

ކޮންޓެންޓް ކްރިއޭޓަރުންގެ ލުއިލޯނު ސްކީމް: ޚިޔާލުހޯދުމުގެ ބައްދަލްވުންތަކެއް ބާއްވައިިފި

15 ސެޕްޓެމްބަރު 2025

|

އަޙުމަދު ޙަމީދު

ކޮންޓެންޓް ކްރިއޭޓަރުންގެ ލުއިލޯނު ސްކީމާއި ގުޅޭގޮތުން ޚިޔާލުހޯދުމުގެ ބައްދަލްވުންތަކެއް ވަނީ ބާއްވާފައި --

ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނަށް ޚާއްސަކޮށްގެން ލުއިލޯނު ދިނުމުގެ ސްކީމެއް ހުޅުވާލުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމެވުމާއި ގުޅިގެން، އެ ދާއިރާތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ޚިޔާލު ހޯދައި އެ ޚިޔާލުތަކާއި ވީހާވެސް އެއްގޮތްވާ ގޮތުގެމަތީން މި ޕްރޮގްރާމް ކުރިއަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން އެކަން ހާމަކުރީ އެ ދާއިރާތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ޚިޔާލު ހޯދަމުގެ މަސައްކަތް ފެށިކަން ހާމަކުރަމުންނެވެ.

އެ މިނިސްޓްރީން ބުނީ މިއަދު އެފަދަ ބައެއް ދާއިރާތައް ހިމެނޭ (މީޑިއާ ކޮންޓެންޓް، އޯޑިއޯ ވީޑިއޯ އިމޭޖް ޕްރޮޑަކްޝަން، އެންޓަރޓެއިންމަންޓްގެ އިތުރަށް ސޭލްސްއާއި މާކެޓިން) ބައްދަލުވުންތަކެއް ބާއްވާފައިވާ ކަމަށެވެ. އަދި ބުނީ މިއީ އެފަދަ ފަންނުތަކުން ވިޔަފާރީގެ ފުރުސަތުހޯދައި ދިނުމުގެ މަޤްސަދުގައި ކުރެވޭ މުޙިއްމު މަސައްކަތެއް ކަމަށެވެ.

މިއަދު އޮތް ބައްދަލްވުންތަކުގެ މިނިސްޓަރު މުޙައްމަދު ސަޢީދު ބައިވެރިވެވަޑައިގެންނެވި އެވެ.

ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނަށް ޚާއްސަކޮށްގެން ލުއިލޯނު ދިނުމުގެ ސްކީމެއް ހުޅުވާލުމަށް ކުރަންޖެހޭ ފަންނީ މަސައްކަތްތައް ނިމުމަކާ ހަމަޔަށް ގޮސްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާނު ކުރެއްވީ މީގެ ދެ ދުވަސްކުރީންނެވެ.  

މި ލޯން ސްކީމްގެ މަޤްޞަދަކީ ކްރިއޭޓިވް އިކޮނޮމީގެ ދައުރު އިތުރަށް ފުޅާކޮށް، އެދާއިރާގައި އިތުރަށް ހަރަކާތްތެރިވުމުގެ ފުރުސަތު ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މީގެތެރޭގައި، މީޑިއާ ކޮންޓެންޓް، އޯޑިއޯ ވީޑިއޯ އިމޭޖް ޕްރޮޑަކްޝަން، އެންޓަރޓެއިންމަންޓްގެ އިތުރަށް ސޭލްސްއާއި މާކެޓިންއަށް ޚާއްސަ ކޮންޓެންޓްގެ ދާއިރާއަށް ފުރުސަތު ލިބޭ ގޮތަށް މި ސްކީމް ޑިޒައިންކޮށް، ކުރިޔަށް އޮތް ދެ ހަފްތާ ތެރޭގައި ހުޅުވާލަން އަންގާފައިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު