ENGLISH

01 ސެޕްޓެމްބަރު 2025

Advertisement

ހެޔޮ ބަދަލެއް: ޝަރުޢީ ދާއިރާގެ މުވައްޒިފުންނަށް މޫނު ބުރުގާ އެޅޭ ގޮތަށް ޤަވާޢިދު އިސްލާޙް ކޮށްފި

31 އޯގަސްޓު 2025

|

އަޙުމަދު ޙަމީދު

ޖޭއެސްސީ

ޝަރުޢީ ދާއިރާގެ މުވައްޒިފުންނަށް މޫނު ބުރުގާ އެޅޭ ގޮތަށް ޤަވާޢިދު އިސްލާޙް ކޮށްފި އެވެ.

ޑިޕާޓްމަންޓް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މިހާރު ވަނީ ޝަރުޢީ ދާއިރާގެ މުވައްޒިފުންގެ ޤަވާއިދު އިސްލާހުކޮށް އާންމު ކޮށްފަ އެވެ. ޑީޖޭއޭގެ ޗީފް ޖުޑީޝަލް އެޑްމިނިސްޓްްރޭޓަރ އަމްޖަދު މުސްތަފާ ސޮއިކުރައްވާ ނެރުއްވާފައިވާ ސާކިއުލާގައި ބުނެފައި ވަނީ ޝަރުޢީ ދާއިރާގެ މުވައްޒިފުންގެ ޤަވާއިދުގެ 129 ވަނަ މާއްދާއަށް އިސްލާޙް ގެނެސްފައިވާ ކަމަށެވެ.

ޝަރުޢީ ދާއިރާގެ މުވައްޒިފުންގެ ޤަވާއިދުގެ 129 ވަނަ މާއްދާ އަކީ ހެދުން އެޅުމުގައި މީހުން ފާހަގަވެ އެނގޭނެ ގޮތަށް ހެދުން އުޅުން ބަޔާންކުރާ މާއްދާ އެވެ. އެ މާއްދާގެ ހ ގައި ވަނީ ޝަރުޢީ ދާއިރާގެ ކޮންމެ ޚިދުމަތަކީ ވެސް ޒިންމާދާރު ކަމާއެކު ދޭންޖެހޭ އަދި ޖަވާބުދާރީވާންޖެހޭ ޚިދުމަތަކަށްވެފައި ޚިދުމަތް ލިބިގަންނަން އަންނަ ފަރާތްތަކާ މުޢާމަލާތް ކުރާ ފަރާތްތަކަށް އެ މީހަކު ފާހަގަކޮށް އެނގެން ޖެހޭނެތީ މުވައްޒިފުން މަސައްކަތު ގަޑީގައި ހެދުން އަޅާފައި ހުންނަންވަނީ ކާކުކަން ރަނގަޅަށް އެނގޭފަދަ ގޮތެއްގައި ކަަމަށެވެ.

އެ މާއްދާއަށް ށ އިތުރުކޮށް އިސްލާޙުކޮށްފައިވާއިރު އެ މާއްދާގައި ބުނެފައި ވަނީ ހ ގައި އެހެން އޮތް ނަމަވެސް ޝަރުޢީ ދާއިރާގައި މަސައްކަތް ކުރާ އަންހެން މުވައްޒަފުން މޫނު ބުރުގާ (ލޯ ނުފޮރުވޭ ގޮތަށް) އެޅުން ހުރަހެއް ނާޅާ ކަމަށެވެ. 

ނަމަވެސް މަސައްކަތުގެ މާޙައުލުގައި އުޅޭ އުޅުމުގައި މިފަދައިން ހެދުން އަޅާ މުވައްޒަފަކީ ކާކުކަން ކަށަވަތު ކުރަން ބޭނުންވެއްޖެނަމަ އެފަދަ މުވައްޒަފެއްގެ މޫނު ކޯޓުން ނުވަތަ އިދާރާގެ ކަމާބެހޭ އަންހެން މުވައްޒަފަަކަށް ދައްކަން ވާނެ ކަަމަށެވެ.

ކިޔުންތެރިންގެ ހިޔާލު