ENGLISH

05 ޖުލައި 2025

Advertisement

ވީއައިއޭއަށް ވަންނަ މައި މަގު، މަރާމާތަަށް ވަގުތީ ގޮތުން ބަންދުކޮށްފި

04 ޖުލައި 2025

|

އަޙުމަދު ޙަމީދު

ވީއައިއޭއަށް ވަންނަ މައި މަގުގެ މަސައްކަތް ކުރަނީ -- ފޮޓޯ: އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަންނަ މަގު މަރާމާތު ކުރުމަށް ވަގުތީ ގޮތުން ބަންދު ކޮށްފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީން ބުނެފި އެވެ.

އެ ކުންފުނިން ބުނީ ވީއައިއޭއަށް ވަންނަ މައި މަގު އެއްވަރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މި މަސައްކަތް ކުރިއަށްދާނީ 4 ފޭސްއަކަށް ބަހާލައިގެން މި މަހު 7 ވަނަ ދުވަހާ ހަމައަށް، ކޮންމެ ދުވަހެއްގެ ރޭގަނޑު 9:00 އިން ހެނދުނު 6:00 އަށެވެ.

މި ވަގުތުތަކުގައި ޓްރެފިކް ބަލަހައްޓައި، ރައްކާތެރިކަން ކަށަވަރު ކުރުމުގައި އެ ކުންފުނީގެ އެސްޓޭޓް ސެކިއުރިޓީ ސާވިސްގެ މުވައްޒަފުން ހަރަކާތްތެރިވާނެ ކަމަށާ އޭގެ އިތުރުން ދަތުރުކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް މަގު ބަންދުކޮށްފައިވާ ކަމުގެ ނިޝާންތަކާއި މާކިންތަކާއި ބެރިއާތައްވެސް ބަހައްޓާފައި ހުންނާނެ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.

މިކަމުގެ ސަބަބުން އެއާޕޯޓަށް އަންނަ ފަރާތްތަކަށް ދިމާވާ ދަތިތަކަށް އެ ކުންފުނިން ވަނީ މައާފަށް އެދިފަ އެވެ.

އެމްއޭސީއެލް އިން ބުނީ އެއާޕޯޓް ބޭނުންކުރާ ފަރާތްތަކުގެ ސަލާމަތްތެރިކަމާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ އެންމެ ބޮޑު އަމާޒު ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު