ENGLISH

04 ޖުލައި 2025

Advertisement

އަބަދު އެއްގޮތަކަށް ކަންކުރުމުގެ ބަދަލުގައި، ބަދަލުތަކެއް ގެނެވިއްޖެ ނަމަ ނަތީޖާ ރަނގަޅުވާނެ: އާދަމް ޝަރީފް

04 ޖުލައި 2025

|

ޝާމަ ޝުޢައިބު

މިނިސްޓާ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފު އުމަރު - ފޮޓޯ: މިނިިސްޓްރީ

އަބަދު އެއްގޮތަކަށް ކަންކުރުމުގެ ބަދަލުގައި ކަންކަންކުރާ ގޮތަށް ބަދަލުތަކެއް ގެނެވިއްޖެ ނަމަ ނަތީޖާ ބަދަލުކުރެވޭނެ ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

ބ. އަތޮޅު ތަޢުލީމީ މަރުކަޒުގެ 2023 - 2024 ގެ އިނާމު ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ އަބަދު މުށިމަސް ބާނަށްދާނަމަ އަބަދު ބޭނޭނީ މުށިމަސް ކަމަށެވެ. ނަމަވެސް އެ ބާނާ މުށިމަސް ހިފައިގެން އެހެންދިމާއަކަށް ނުކުމެއްޖެ ނަމަ ތަފާތު އެހެންވައްތަރުތަކުގެ މަސްބޭނުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

މިކަން ތަފްސީލުކޮށްދެއްވަމުން މިނިސްޓަރު ވިދާޅުވީ ތައުލީމީ ނަތީޖާއަށް ވެސް ބަދަލުގެނެވޭނީ އަބަދު އެއްގޮތަކަށް ކަންކަންކުރުމުގެ ބަދަލުގައި އާ ގޮތްތަކުގެ ބޭނުންހިފައިގެން އެ ގޮތްތައް ތަޖުރިބާކޮށްގެން ކަމަށެވެ.

މިހާރު އަމަލުކުރަމުންދާ ތައުލީމީ ގައުމީ މަންހަޖުގެ ތަސައްވުރަކީ ސްކޫލު ނިންމާ، ނުކުންނަ ކޮންމެ ދަރިވަރަކީ ދިރިއުޅުމަށް ތައްޔާރުވެފައި ކުއްޖަކަށް ހަދައިދިނުމަށް ކަމަށް ވާތީ، އެ ދަރިވަރުންނަކީ އިސްލާމީ އަގީދާ ވަރުގަދަ، އަމިއްލަ ވަންތަކަމާއި ދިވެހި ގައުމިއްޔަތު ދަމަހައްޓާ، ގާބިލު އަދި އަމިއްލަ ނަފުސަށް އިތުބާރުކުރާ ފަރުދަކަށް ހަދައިދޭންޖެހޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތުން އުނގެނުމާއި ހޯދާބެލުމަށް ޝައުގުވެރިވާ، އިލްމު އުފައްދާ، ކާމިޔާބު ފަރުދަކަށް ދަރިވަރުން ހަދައިދޭން ޖެހޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ދަރިވަރުންނަކީ ތިމާގެ އާއިލާއާއި، މުޖުތަމައާއި، ބަވަނަވަމުންދާ ދުނިޔޭގައި ހިއްސާ އަދާކުރާ، އުފެއްދުންތެރި އަދި ޒިންމާދާރު ފަރުދަކަށް ހަދައިދޭންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު