ENGLISH
04 ޖުލައި 2025
ގައިންގަޔަށް ނާރާ ބަލިތައް އަދިވެސް އިތުރުވަނީ، މިކަން ކޮންޓްރޯލް ކުރުމަށް މަޝްވަރާތަކެއް
04 ޖުލައި 2025
|
ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް - ފޮޓޯ: ހެލްތު މިނިސްޓްރީ
ގައިންގަޔަށް ނާރާ ބަލިތައް ކޮންޓްރޯލްކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން ޖަމްއިއްޔާތަކާ އެކު ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް މަޝްވަރާކުރައްވައިފިއެވެ.
ހެލްތު މިނިސްޓްރީގައި ބޭއްވި މި މަޝްވަރާ ބައްދަލުވުމުގައި ސިއްހީ ދާއިރާއާ ގުޅުން ހުރި މަސައްކަތްތައްކުރާ ހަތް ޖަމުއިއްޔާއަކުން ވަނީ ބައިވެރިވެފައެވެ.
މި ބައްދަލުވުމުގައި މިނިސްޓަރު ވަނީ ގައިންގަޔަށް ނާރާ ބަލިތައް އިތުރުވަމުން ދާތީވެ، އެކަމާމެދު އޮތް ކަންބޮޑުވުންތައް ފާޅުކޮށް، އެބަލިތަކުން ރައްކާތެރިވުމަށް ކުރެވިދާނެ މަސައްކަތްތަކާއިގުޅޭ ގޮތުން މަޝްވަރާކުރައްވައިފައެވެ.
ގައިންގަޔަށް ނާރާ ބަލިތަކުގެ ސަބަބުން ރާއްޖޭގައި މަރުވާ މީހުންގެ ނިސްބަތް ކަންބޮޑުވާ މިންވަރަށް މަތިވެފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވެސް ވަނީ ފާހަގަކުރައްވާ، ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ގައިންގަޔަށް ނާރާ ބަލިތަކާ ކުރިމަތިލައި، ސިއްހަތަށް ފައިދާހުރި ދިރިއުޅުމުގެ ވައްޓަފާޅިތައް ކުރިއެރުވުމާއި، އަންނަން އޮތް ޖީލުތަކަށްޓަކައި ދެމެހެއްޓެނިވި މުޖުތަމައުތަކެއް ބިނާކުރުމަށް ގިނަ މަސައްކަތްތަކެއް މުޅި ރައްޖޭގައި، އެކި ފެންވަރުގައި މިހާރުވެސް ދަނީ ކުރަމުންނެވެ.