ENGLISH
04 ޖުލައި 2025
ރައީސުލްޖުމްހޫރިއްޔާ، އެމެރިކާގެ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި
04 ޖުލައި 2025
|
އެމެރިކާގެ މިނިވަންދުވަހުގެ ތަހުނިޔާ، އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަށާއި، އެ ޤައުމުގެ ސަރުކާރުގެ އިތުރުން އެމެރިކާގެ ރައްޔިތުންނަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވައިފިއެވެ.
އެ މަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ރައީސް، ޑރ. މުޢިއްޒު ވިދާޅުވީ، ކުރިއަށް އޮތް ތަނުގައިވެސް އެމެރިކާއަށް މިނިވަންކަމާއި ތަރައްޤީއަށް އެދިވަޑައިގަންނަވާ ކަމަށެވެ.
މިއަދަކީ، އެމެރިކާގެ 249 ވަނަ މިނިވަން ދުވަހެވެ. އެމެރިކާގެ މިނިވަން ދުވަސް ފާހަގަ ކުރަނީ، އިނގިރޭސި އިސްތިޢުމާރުން އެ ޤައުމު ރަސްމީކޮށް މިނިވަންވުމުގެ ޤަރާރުގައި 1776 ވަނަ އަހަރު ސޮއިކުރި ދުވަހުއެވެ.
އެމެރިކާ އާއި ދިވެހިރާއްޖެ އާއި ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރީ ދިވެހިރާއްޖެއަށް މިނިވަންކަން ލިބުނުތާ އެއް އަހަރު ފަހުން، 1966 ވަނަ އަހަރުއެވެ. އެއަށްފަހު، އެކި ދާއިރާތަކުން ދެ ޤައުމުގެ މެދުގައި އޮންނަ ގުޅުންތައް އަންނަނީ ހަރުދަނާވަމުންނެވެ.