ENGLISH
05 ޖުލައި 2025
ބީއެމްއެލްގެ ހަތަރު ކާޑަކުން ބޭރުގެ ވެބްސައިޓްތަކުން އިތުރު ފީއެއް ނެތި ވިޔަފާރި ކުރެވޭނެ: ބީއެމްއެލް
01 ޖުލައި 2025
|
ބެންކު އޮފް މޯލްޑިވްސްގެ މައި އޮފީސް
ބީއެމްއެލްގެ ހަތަރު ކާޑަކުން ބޭރުގެ ވެބްސައިޓްތަކުން އިތުރު ފީއެއް ނެތި ވިޔަފާރި ކުރެވޭނެ ކަމަށް ޤައުމީ ބެންކު, ބީއެމްއެލް އިން ބުނެފި އެވެ.
ބީއެމްއެލް އިން މިއަދު ބުނީ ޓީމޫ, ޝީއިން, އަލީބާބާ އަދި އަލި އެކްސްޕްރެސް އާއި ލަޒާޑާއާ އީބޭ ހިމެނޭހެން ބޭރުގެ އެކި ވެބްސައިޓްތަކުން އިތުރު ފީ އަަކާނުލާ އެ ބެންކުގެ ހަތަރު ކާޑަކުން ވިޔަފާރި ކުރެވޭނެ ކަމަށެވެ.
* ކްރެޑިޓް ކާޑް
* ޓްރެވަލް ކާޑް
* ޔޫއެސްޑީ ޑެބިޓް ކާޑް
* ބިޒްނަސް ޑެބިޓް ކާޑް
މީގެ އިތުރުން ރާއްޖެއިން ބޭރުގައި އުޅޭ ދިވެހީންނަށް 750 ޑޮލަރާ ހަމައަށް ފައިސާ ނަގާ ޕޭމަންޓް ހެދޭނެ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ. ބެންކު އޮފް މޯލްޑިވްސް އިން މިއަދު ބުނީ ރާއްޖޭން ބޭރުގައި އުޅޭ ދިވެހީންނަށް 750 ޑޮލަރާ ހަމައަށް ފައިސާ ނަގާ ޕޭމަންޓް ހެދޭނެ ކަމަށެވެ.
އެހެން ކަމުން މި ލިމިޓް ހަމަޖައްސަން ބޭނުންވާ ރުފިޔާ ޑެބިޓް ކާޑު ސެލެކްޓް ކުރުމަށް ފަހު 750 ޑޮލަރުގެ ލިމިޓާ ހަމައަށް ޕީއޯއެސް މެޝިންތަކުން ޓްރާންސްކްޝަން ހެދޭނެ ކަމަށް ވަނީ ބުނެފަ އެވެ. އަދި އެ މީހަކު ދިރިއުޅޭ ގައުމެއްގައި ހުންނަ އޭޓީއެމްތަކުން ފައިސާ ނެގޭނެ ކަމަށެވެ.
މީގެ އިތުރުން ބީއެމްއެލް އިން ވަނީ ޑެބިޓް ކާޑުތަކުގެ ޑޮލަރު ލިމިޓަށް ގެނައި ބަދަލުން ރާއްޖޭން ބޭރުގައި ކިޔަވާ އެއްވެސް ދަރިވަރަކަށް އަސަރެއް ނުކުރާނެ ކަމަށް ބުނެފަ އެވެ.
އެގޮތުން ދަރިވަރުންނަށް ކަނޑައަފައިވާ 1200 ޑޮލަރުގެ ލިމިޓަށް އެއްވެސް ބަދަލެއް ނާންނަ ކަމަށާ ދަރިވަރުން އޭޓީއެމް އިން ފައިސާ ނެގުމުގެ ލިމިޓާއި ފީ އަށް ވެސް ބަދަލެއް ނުގެންނަ ކަމަށް ބެންކުން ވަނީ ބުނެފަ އެވެ.
ޑޮލަރު ލިމިޓް 1200 އަށް އިތުރުކުރުމަށް ކިޔަވާ ދަރިވަރުންނަށް އަދި އިންޓާންޝިޕް ފުރިހަމަ ކުރާ ދަރިވަރުންނަށް ސްޓޫޑެންޓް ޕޯޓަލް މެދުވެރިކޮށް އެދެވޭނެ އެވެ.