ENGLISH

05 ޖުލައި 2025

Advertisement

ބޭރުގައި އުޅޭ ދިވެހީންނަށް 750 ޑޮލަރާ ހަމައަށް ފައިސާ ނަގާ ޕޭމަންޓް ހެދޭނެ: ބީއެމްއެލް

01 ޖުލައި 2025

|

އަޙުމަދު ޙަމީދު

ބެންކު އޮފް މޯލްޑިވްސް

ރާއްޖެއިން ބޭރުގައި އުޅޭ ދިވެހީންނަށް 750 ޑޮލަރާ ހަމައަށް ފައިސާ ނަގާ ޕޭމަންޓް ހެދޭނެ ކަމަށް ޤައުމީ ބެންކު, ބެންކު އޮފް މޯލްޑިވްސް އިން ބުނެފި އެވެ.

ބެންކު އޮފް މޯލްޑިވްސް އިން މިއަދު ބުނީ ރާއްޖޭން ބޭރުގައި އުޅޭ ދިވެހީންނަށް 750 ޑޮލަރާ ހަމައަށް ފައިސާ ނަގާ ޕޭމަންޓް ހެދޭނެ ކަމަށެވެ.

އެހެން ކަމުން މި ލިމިޓް ހަމަޖައްސަން ބޭނުންވާ ރުފިޔާ ޑެބިޓް ކާޑު ސެލެކްޓް ކުރުމަށް ފަހު 750 ޑޮލަރުގެ ލިމިޓާ ހަމައަށް ޕީއޯއެސް މެޝިންތަކުން ޓްރާންސްކްޝަން ހެދޭނެ ކަމަށް ވަނީ ބުނެފަ އެވެ. އަދި އެ މީހަކު ދިރިއުޅޭ ގައުމެއްގައި ހުންނަ އޭޓީއެމްތަކުން ފައިސާ ނެގޭނެ ކަމަށެވެ.

މީގެ އިތުރުން ބީއެމްއެލް އިން ވަނީ ޑެބިޓް ކާޑުތަކުގެ ޑޮލަރު ލިމިޓަށް ގެނައި ބަދަލުން ރާއްޖޭން ބޭރުގައި ކިޔަވާ އެއްވެސް ދަރިވަރަކަށް އަސަރެއް ނުކުރާނެ ކަމަށް ބުނެފަ އެވެ.

އެގޮތުން ދަރިވަރުންނަށް ކަނޑައަފައިވާ 1200 ޑޮލަރުގެ ލިމިޓަށް އެއްވެސް ބަދަލެއް ނާންނަ ކަމަށާ ދަރިވަރުން އޭޓީއެމް އިން ފައިސާ ނެގުމުގެ ލިމިޓާއި ފީ އަށް ވެސް ބަދަލެއް ނުގެންނަ ކަމަށް ބެންކުން ވަނީ ބުނެފަ އެވެ.

ޑޮލަރު ލިމިޓް 1200 އަށް އިތުރުކުރުމަށް ކިޔަވާ ދަރިވަރުންނަށް އަދި އިންޓާންޝިޕް ފުރިހަމަ ކުރާ ދަރިވަރުންނަށް ސްޓޫޑެންޓް ޕޯޓަލް މެދުވެރިކޮށް އެދެވޭނެ އެވެ.

ކިޔުންތެރިންގެ ހިޔާލު