ENGLISH
05 ޖުލައި 2025
ގެއެއްގެ ތިޖޫރީ ފަޅާލާ 100،000 ރުފިޔާ ވަގަށް ނަގައިފި
01 ޖުލައި 2025
|
ގެއެއްގެ ތިޖޫރީ ފަޅާލާ ވަގަށް ނެގި ފައިސާ -- ފޮޓޯ: ޕޮލިސް
މާލެ، މައްޗަންގޯޅި ގެއެއްގެ ތިޖޫރީއެއް ވަަގަށް ނަގާ އޭގައި ހުރި ލައްކައެއްހާ ރުފިޔާ ނެގި މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން، ތަހުގީގުގެ ތެރެއިން ސީސީޓީވީ ފުޓޭޖު ބަލައި ދެނެގަނެ، އެ ތިޖޫރީ ވަގަށްނެގި ކަމަށް ތުހުމަތުކުރެވޭ މީހާ މިއަދު 11:05 އެހައިކަންހާއިރު މާވެޔޮ މަގުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު، ތިޖޫރީން އޭނާ ވަގަށް ނެގި ކަމަށް ތުހުމަތުކުރެވޭ ފައިސާތަކާއި އޭގެ ތެރެއިން ބައެއް ފައިސާއިން އޭނާ ގަނެފައިވާކަމަށް ބެލެވޭ މޯބައިލް ފޯނެއް ފެނިފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ރ. އަލިފުށި / ހަބީބީހެޕް، އިސްމާއީލް ސާއިފް (39އ) އެވެ. މިއީ ކުށުގެ ރެކޯޑް އޮތް މީހެކެވެ. މިދިޔަ މަހު މި މީހާ ވަނީ ސައިކަލެއް ވަގަށް ނެގި މައްސަލައެއްގައި ވެސް ހައްޔަރު ކޮށްފަ އެވެ.
މި މައްސަލަ ފުލުހުން ގެންދާނީ ތަހުޤީޤު ކުރަމުންނެވެ.