ENGLISH

05 ޖުލައި 2025

Advertisement

ކޮޅުވެއްޓި ބަނޑުން ޖަހާލި ހާދިސާ: ދަތުރަށް ފުރީ މަޖުބޫރުކޮށްގެން ކަމަށް ބުނާ ވާހަކައަކީ ދޮގެއް

01 ޖުލައި 2025

|

އަޙުމަދު ޙަމީދު

ކޮޅުވެއްޓި ބަންޑުން ޖަހާލާފައި އޮތް ސަރަޙައްދު -- ފޮޓޯ: އެމްއެންޑީއެފް

ޅ. އަތޮޅަށް ދަތުރުކުރަނިކޮށް ކާށިދޫ ކަނޑަށް ކޮޅުވެއްޓިއެއް ބަނޑުން ޖަހާލި ހާދިސާއާ ގުޅިގެން ދެކެވޭ ބައެއް ވާހަކަތަކަކީ ހަޤީޤަތަކާއި ޚިލާފު ވާހަކަތަކެއް ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފި އެވެ.

އެމްއެންޑީއެފުން މިކަން ހާމަކުރީ އެ ދަތުރަށް ފުރީ ސިވެކްގެ އިސްވެރީން ކެޕްޓަނަށް މަޖުބޫރުކޮށް ޕްރެޝަރު ކުރުމުން ކަމަށް ބުނެ ބަޔަކު ހަޤީޤަތާއި ޚިލާފު ވާހަކަތަކެއް ފަތުރަމުންދާތީ އެވެ.

އެމްއެންޑީއެފުން ބުނީ ކޮޅުވެއްޓިއަށް އެއްވެސް އެއްޗެއް ބަރުކުރެވޭނީ ސީދާ ކެޕްޓަންގެ ބެލުމުގެ ދަށުން ކަމަށެވެ. އަދި އެ އުޅަނދު އެއްވެސް ބަނދަރަކުން ފުރާނީ ވެސް ހާލަތަށާއި މޫސުމަށް ބަލައިގެން އުޅަނދުގެ ކެޕްޓަން ނިންމާ ނިންމުމެއްގެ މައްޗަށް ކަމަށެވެ.

މީގެ އިތުރުން އުޅަނދަށް ބަރުކުރުމާއި ފުރުމުގައި ކެޕްޓަންގެ މައްޗަށް މަޖުބޫރުން އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ނުކުރާނެ ކަމުގެ ޔަޤީންކަން އެމްއެންޑީއެފުން ވަނީ ދީފަ އެވެ.

ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާއާ ގުޅިގެން ސިފައިންގޭގައި އެތެރޭގެ ތަހުޤީޤެއް ހިންގަމުންދާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

މި ހާދިސާގައި ސިފައިންގެ ބޭކަލަކު ނިޔާވެ ކޮޅުވެއްޓީގައި މަސައްކަތް ކުރަމުން އައި ބިދޭސީއަކު ވަނީ ގެއްލިފަ އެވެ. އެމްއެންޑީއެފުން ބުނީ މި ހާދިސާގައި ނިޔާވި ހާމިދު އާއި ކެޕްޓަން ތިބީ ވީލް ހައުސްތެރޭގައި ކަމަށެވެ. 

އަދި ގެއްލުނު ފަޅުވެރިޔާ އިންޖީނު ރޫމްގެ ތެރޭގައި ވީކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު