ENGLISH

02 ޖުލައި 2025

Advertisement

ތ. ވިލުފުށީ ބަނދަރުގައި އޮތް ދެ ދޯންޏެއްގައި އަލިފާން ރޯވެ ޒަޚަމްވި ދެމީހަކަށް ފަރުވާދޭން ފަށައިފި

01 ޖުލައި 2025

|

ޢަލީ ޝަހީމް

ތ. ވިލުފުށީގައި ބަނދަރުގައި އޮތް ތެޔޮ އުފުލާ ދޯންޏެއްގައި ރޯވެފަ. ފޮޓޯ: އެމްއެންޑީއެފް

ތ. ވިލުފުށީގައި އަލިފާނުގެ ނުރައްކާތެރި ހާދިސާއެއް ހިނގައި ޒަހަމްވި ދެމީހަކަށް ފަރުވާދޭން ފަށައިފިއެވެ. 

އެމްއެންޑީއެފުން ބުނީ ތ. ވިލުފުށީ ފަޅުތެރޭގައި އޮތް ތެޔޮ ބޯޓެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ސެންޓްރަލް އޭރިޔާ ކޮމާންޑްގެ ފަޔަރ ކޮމްޕޯނަންޓްގެ ސިފައިން އަލިފާން ނިއްވުމުގައި ހަރަކާތްތެރިވެފައިވާ ކަމަށެވެ. އެމްއެންޑީއެފަށް އެ މައުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 9:41 ގައި ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި ބަނދަރުގައި އޮތް ދެ ދޯންޏެއްގައި ވަނީ ރޯވެފައެވެ. ފުރަތަަމަ ދޯނީގައި ރޯވުމަށްފަހު ދެވަނަ ދޯނީގައި އަލިފާން ރޯވީ، އަލިފާނުގެ އަސަރުކޮށްގެންނެވެ. 

ހާދިސާގައި އެއް ދޯނީގެ ވެރިފަރާތާއި ބިދޭސީއަކު ވަނީ ފިހިފައެވެ. އެމީހުންނަށް މިހާރު ވިލުފުށީ ހެލްތު ސެންޓަރުގައި އަންނަނީ ފަރުވާދެމުންނެވެ. 

ތެޔޮ އުފުލާ ދޯނިތަކުގައި ރޯވާން ދިމާވި ސަބަބެއް ރަސްމީ އިދާރާއަކުން މިހާތަނަށް ހާމަކޮށްފައެއްނުވެއެވެ. އެހެންނަމަވެސް، ބައެއް މަސްދަރުތަކުގައި ހާމަކޮށްފައިވާގޮތުން، އަލިފާން ރޯވީ ޕެޓްރޯލް ފުލްކޮށް ހުއްޓާ ޕަމްޕު ޖެއްސުމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު