ENGLISH

01 ޖުލައި 2025

Advertisement

17 އަހަރުން ދަށުގެ ހޭންޑްބޯލް މުބާރާތުގައި ރާއްޖެ، އީރާން އާއި ކޮރެއާ އެއް ގްރޫޕަކަށް

12 ޖޫން 2025

|

މުޙައްމަދު އަދުހަމް

އައިއޯއައިޖީގައި ރާއްޖޭގެ ހޭންޑްބޯޅަ ޓީމު ކުޅުނު މެޗެއްގެ ތެރެއިން. ފޮޓޯ: އެމްއޯސީ

ސަތާރަ އަހަރުން ދަށުގެ އޭޝިއަން ހޭންޑްބޯލް ޗެމްޕިއަންޝިޕްގައި ދިވެހިރާއްޖެ އާއި އީރާންގެ އިތުރުން ދެކުނު ކޮރެއާ އެއް ގްރޫޕެއްގައި ހިމެނިއްޖެއެވެ.

އަންނަ މަހުގެ 1 އިން 11 އަށް ތާވަލުކުރެވިފައިވާ މި މުބާރާތް ކުރިއަށްދާނީ އުރުދުންގެ އައްމާން ގައެވެ.  

އޭޝިއާ ސަރަޙައްދުގެ ޤައުމުތަކަށް ހާއްސަކޮށްގެން މުޅިން އަލަށް ބާއްވާ މި މުބާރާތުގައި ރާއްޖެ ހިމެނުނު ގްރޫޕް ޑީ ގައި ދެން އޮތީ އުޒްބެކިސްތާނެވެ.                               

މި މުބާރާތުގައި މުޅިއެކު 13 ޤައުމަކުން ވާދަކުރެއެވެ. މި ޓީމުތައް ހަތަރު ގްރޫޕަކަށް ބަހާލާފައިވާއިރު، ގްރޫޕް އޭ ގައި ހިމެނެނީ؛ ކުވެއިތު، ބަހްރެއިން އަދި ހޮންގކޮންގ (ޗައިނާ) އެވެ.

ގްރޫޕް ބީ ގައި ސަޢޫދީ ޢަރަބިއްޔާ، ޤަތަރު އާއި ޗައިނާ ހިމެނޭއިރު، ގްރޫޕް ސީ ގައި ހިމެނެނީ؛ މުބާރާތުގެ ހޯސްޓް އުރުދުންގެ އިތުރުން އިންޑިއާ އާއި ޗައިނީސް ޓައިޕޭ އެވެ.

ކިޔުންތެރިންގެ ހިޔާލު