ENGLISH

10 މޭ 2025

Advertisement

އިޕްސްވިޗް އަތުން އާސެނަލް މޮޅުވުމުން ލިވަޕޫލަށް އިތުރު އިންތިޒާރެއް

20 އޭޕްރީލު 2025

|

މުޙައްމަދު އަދުހަމް

އިޕްސްވިޗާ އާސެނަލް ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ރޮއިޓާސް

އިނގިރޭސި ޕްރިމިއަރ ލީގުގައި މިރޭ ކުޅުނު މެޗުގައި 10 ކުޅުންތެރިންނާއެކު ކުޅެމުންދިޔަ އިޕްސްވިޗް އަތުން 4-0 އިން އާސެނަލް މޮޅުވެ، ލިވަޕޫލަށް ލީގު ކަށަވަރުކުރުމަށް އިތުރު އިންތިޒާރެއް ކުރަން ޖެހިއްޖެއެވެ.

މި މޮޅާއެކު، އާސެނަލް ދެވަނައިގައި އުޅެނީ 33 މެޗުން 66 ޕޮއިންޓް ހޯދައިގެންނެވެ. އެންމެ ކުރީގައި ލިވަޕޫލް އޮތީ އެއް މެޗު މަދުން ކުޅެގެން 76 ޕޮއިންޓާއެކު އެވެ. ތިންވަނައިގައި އުޅޭ ނިއުކާސަލް ޔުނައިޓެޑަށް ލިބިފައިވަނީ 59 ޕޮއިންޓެވެ.

އިޕްސްވިޗްގެ ޕޯޓްމަން ރޯޑްގައި ކުޅުނު މެޗުގެ ފުރަތަމަ ތިރީހަކަށް މިނެޓުގެ ތެރޭގައި އާސެނަލުން ވަނީ ދެ ލަނޑުގެ ލީޑެއްނަގައިފައެވެ. އެ ޓީމަށް މި ދެ ލަނޑުޖަހައިދިނީ ލެއަންޑްރޯ ޓްރޮސާޑް އާއި ގެބްރިއެލް މާޓިނެލީ އެވެ.

އާސެނަލްގެ ދެވަނަ ލަނޑުޖެހިތާ ކުޑައިރުކޮޅެއްގެ ތެރޭގައި އެ ޓީމުގެ އިނގިރޭސި ވިންގް، ބުކާޔޯ ސަކާ އަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން އިޕްސްވިޗްގެ ޑިފެންޑަރު، ލެއިފް ޑޭވިސް އަށް ސީދާ ރަތް ކާޑު ދެއްކުމުން އެ ޓީމުން ބާކީބައި ފުރިހަމަކުރީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.

ދެވަނަ ހާފުގައި އާސެނަލުން ކާމިޔާބުކުރި އަނެއް ދެ ލަނޑުޖަހައިދިނީ ޓްރޮސާޑް އާއި ބަދަލަކަށް ކުޅެން އެރި އީތަން ންވަނޭރީ އެވެ.

ލީގުގައި މިރޭ ކުޅުނު އަނެއް މެޗުގައި ފުލަމްގެ ދަނޑުގައި އެ ޓީމު އަތުން ޗެލްސީ މޮޅުވީ 2-1 އިންނެވެ. އަމިއްލަ ދަނޑުގައި ވުލްވްސް އަތުން މެންޗެސްޓަރ ޔުނައިޓެޑް ބަލިވީ 1-0 އިންނެވެ.

ކިޔުންތެރިންގެ ހިޔާލު