ENGLISH

15 މޭ 2026

Advertisement

ޙައްޖުވެރިންނަށް މައްކާގައި އެންމެހާ އިންތިޒާމުތަކެއް ވަނީ ފުރިހަމަ ކުރެވިފަ: ދިވެހި ޙައްޖު މިޝަން

15 މޭ 2026

|

އާމިނަތު ނުޒްލާ

ވެލާނާ އެއަރޕޯޓްގައި ހާޖީން ފުރުމަަށް ތައްޔާރުވަމުން ދަނީ. --ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ޙައްޖުވެރިންނަށް މައްކާގައި އެންމެހާ އިންތިޒާމުތަކެއް ފުރިހަަމަ ކުރެވިފައިވާކަމަށް ދިވެހި ޙައްޖު މިޝަނުން ހާމަކޮށްފި އެވެ. 

އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން މައްކާގައި ޤާއިމްކޮށްފައިވާ ޙައްޖުވެރިންގެ ކަންކަމާ ބެހޭ އޮފީހުގެ ވެރިޔާ އައްޝައިޚް އިމްޠިޠާޢު ޢައްބާސް ވިދާޅުވީ، ދިވެހި ޙައްޖުވެރިން ތިއްބަވާ ހޮޓަލުގެ އިންތިޒާމުތަކާއި މަޝާޢިރުތަކުގައި ފުރިހަމަ ކުރަން ޖެހޭ އިންތިޒާމުތައްވެސް މިހާރު ފުރިހަމަކޮށް ނިމިފައިވާކަމަށެވެ.

ޝައިޚް އިމްޠިޠާޢު ވިދާޅުވީ، ޙައްޖުވެރިން ތިއްބަވާ ކޮޓަރިތަކުގެ ހުރިހާކަމެއް ތައްޔާރުކުރެވިފައިވާކަމަށާއި، ޙައްޖުވެރިންނަށް ސިއްޙީ ޚިދުމަތް ދިނުމަށްޓަކައި ޤާއިމް ކުރާ ކްލިނިކްވެސް މިހާރު ހޮޓަލުގައި ޤާއިމުކުރެވި ޚިދުމަތަށް ތައްޔާރުވެފައިވާކަމަށެވެ. އަދި ޙައްޖުވެރިންގެ ކެއުމުގެ އިންތިޒާމުތަކަށް ރެސްޓޯރެންޓާއި، ކެއްކުމުގެ އިންތިޒާމުވެސް މިހާރު ތައްޔާރުކުރެވިފައިވާކަން ޝައިޚް އިމްޠިޠާޢު ފާހަގަކުރެއްވި އެވެ.

ހުރިހާ ތައްޔާރީތަކެއްވެސް ވަރަށް ގާތުން ޙައްޖު މިޝަނުން ބަލަމުން އަންނަކަމަށާއި، ޙައްޖުވެރިން ޙައްޖުގެ އެންމެހާ މަނާސިކުތަކެއްވެސް ފުރިހަމައަށް އަދާކުރުމަށް އެ މިޝަނުން ހުރިހާކަމެއްވެސް ވަރަށް ގާތުން ބަލަމުންއަންނަ ކަމުގެ ޔަޤީންކަން ޝައިޚް އިމްޠިޠާޢު ދެއްވާފައިވެ އެވެ.

ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕު މިއަދު ހަވީރު ރާއްޖެއިން ފުރާފައިވާއިރު، މިރޭ ރާއްޖެ ގަޑިން 8:34 ގައި ޖިއްދާ އެއާޕޯޓްއަށް ފްލައިޓް ޖައްސާނެކަމަށް ލަފާކޮށްފައިވެ އެވެ.  

ކިޔުންތެރިންގެ ހިޔާލު