ENGLISH

23 ޖުލައި 2026

Advertisement

ޕޮލިސް މެމޯރިއަލް ޑޭ ފާހަގަކުރުމުގެ ގޮތުން ފުލުހުންގެ ދިދަ ބައިދަނޑިއަށް ތިރިކޮށްފި

23 ޖުލައި 2026

|

ޢަލީ ޝަހީމް

ޕޮލިސް މެމޯރިއަލް ޑޭގެ ހަރަކާތްތައް ފެށުމުގެ ގޮތުން ފުލުހުންގެ ދިދަ ބައިދަނޑިއަށް ތިރިކޮށްފައި. ފޮޓޯ: ޕޮލިސް

ފުލުހުންގެ ވާޖިބު އަދާކުރުމުގެ ތެރޭގައި ނިޔާވެފައިވާ ފުލުހުންގެ ޒިކުރާ އައުކޮށް، އެފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ފާހަގަކުރާ "ޕޮލިސް މެމޯރިއަލް ޑޭ" ގެ ހަރަކާތްތައް ރަސްމީކޮށް މިއަދު ފަށައިފިއެވެ. 

ހަރަކާތްތައް ފެށީ، ރޭ 00:00 ގައި އިސްކަންދަރު ބިލްޑިންގައި ހުރި ދިވެހި ފުލުހުންގެ ޚިދުމަތުގެ ދިދަ ވަނީ ބައިދަނޑިއަށް ތިރިކުރުމާއެކުއެވެ. 

ފުލުހުންގެ މެމޯރިއަލް ދުވަހުގެ ގޮތުގައި ހަމަޖައްސާފައިވަނީ ކޮންމެ އަހަރެއްގެވެސް ޖުލައި މަހުގެ 23 ވަނަ ދުވަހެވެ. 

މި ދުވަސް ފާހަގަކުރަނީ ފުލުހުންގެ ޑިއުޓީގައި އުޅެނިކޮށް ނުވަތަ އެ ވާޖިބު އަދާކުރުމުގެ ތެރޭގައި ދިމާވި އެކިއެކި ހާދިސާތަކުގައި ނިޔާވެފައިވާ ފުލުހުންގެ ހަނދާންތައް އައުކުރުމުގެ ގޮތުންނެވެ. އަދި އެ ފުލުހުން ގައުމަށްޓަކައި ވެފައިވާ މަތިވެރި ގުރުބާނީއާއި ކޮށްދީފައިވާ ހިދުމަތްތަކުގެ އަގު ވަޒަންކޮށް، އެ ޒިކުރާ އައުކުރުމަކީވެސް މި ދުވަސް ފާހަގަކުރުމުގެ މުހިންމު ބޭނުމެއް ކަމަށް ފުލުހުންގެ އިދާރާއިން ބުނެފައިވެއެވެ. 

މެމޯރިއަލް ޑޭގެ ހަރަކާތްތައް މާލޭގެ އިތުރުން ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ހުރި ޕޮލިސް ސްޓޭޝަންތަކުގައިވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.

ހަރަކާތްތައް ފެށުމުގެ ގޮތުން މިއަދު ރާއްޖޭގެ ހުރިހާ ރަށެއްގައި ހުރި ޕޮލިސް ސްޓޭޝަންތަކުގައި ބަހައްޓާފައިވާ ދިވެހި ފުލުހުންގެ ޚިދުމަތުގެ ދިދަ، މި ދުވަހުގެ މުނާސަބަތުގައި ބައިދަނޑިއަށް ވަނީ ތިރިކޮށްފައެވެ. 

ކިޔުންތެރިންގެ ހިޔާލު