ENGLISH

17 ޖުލައި 2026

Advertisement

އައްޑޫގެ ފުރަތަމަ މެޑިކަލް އިންޓާންޝިޕް ބެޗް ކާމިޔާބުކަމާއެކު ނިންމާލައިފި

17 ޖުލައި 2026

|

އާމިނަތު ނުޒްލާ

އޭއީއެޗް ގައި ކުރިއަށް ގެންދިޔަ މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: އޭއީއެޗް

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ކުރިއަށް ގެންދިޔަ މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމްގެ ފުރަތަމަ ބެޗް ކާމިޔާބުކަމާއެކު ނިންމާލައި، ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ.

މިދިޔަ އަހަރުގެ ޖުލައި 17 ވަނަ ދުވަހު ފެށި މި ޕްރޮގްރާމްގައި ޑޮކްޓަރުކަން ކިޔަވައިގެން ތިބި ހަތަރު ޒުވާނުން ބައިވެރިވިއެވެ. އޭގެ ތެރޭގައި ހިމެނެނީ ތިން އަންހެން ބައިވެރިންނާއި ފިރިހެން ބައިވެރިއެކެވެ. އިންޓާންޝިޕް ނިންމުމުގެ މުނާސަބަތުގައި ބޭއްވި ހަފުލާގައި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ އެ ހޮސްޕިޓަލުގެ ސީއީއޯ އަހުމަދު އަދީލް ނަސީރެވެ.

އޭއީއެޗް ގައި ކުރިއަށް ގެންދިޔަ މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: އޭއީއެޗް

މި ޕްރޮގްރާމް ފުރިހަމަކުރުމާއެކު، މި ބައިވެރިންނަށް މިހާރު ރަސްމީކޮށް ޑޮކްޓަރުކަން ކުރުމުގެ ހުއްދަ ލިބޭނެއެވެ.

ފުރަތަމަ ބެޗް ނިމިފައިވާއިރު، އޭއީއެޗުން މިހާރު ވަނީ މި ޕްރޮގްރާމްގެ ދެވަނަ ބެޗަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައެވެ. ޖުމްލަ 15 ޖާގަ ހިމެނޭ މި ބެޗަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 16 ވަނަ ދުވަހެވެ.

ރާއްޖޭގައި މެޑިކަލް އިންޓާންޝިޕް ފުރިހަމަކުރުމުގެ ފުރުސަތު އޭއީއެޗްގެ އިތުރުން ދެން ފޯރުކޮށްދެނީ އައިޖީއެމްއެޗް، ހުޅުމާލޭ ހޮސްޕިޓަލް އަދި އޭޑީކޭ ހޮސްޕިޓަލުންނެވެ.

ކިޔުންތެރިންގެ ހިޔާލު