ENGLISH
13 ޖުލައި 2026
ޓެޑް ލާސޯގެ އެކްޓަރު ފެނާންޑޭޒް ޕްރޮފެޝަނަލް ފުޓްބޯޅައަށް
13 ޖުލައި 2026
|
ޓެޑް ލާސޯގެ އެކްޓަރު ކްރިސްޓޯ ފެނާންޑޭޒް --- ފޮޓޯ: ރޮއިޓަރސް
އެންމެ މަޤްބޫލު
މަޝްހޫރު ސީރީޒް "ޓެޑް ލާސޯ" ގައި ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުންތެރިއެއްގެ ރޯލުން ފެނިގެންދިޔަ އެކްޓަރު ކްރިސްޓޯ ފެނާންޑޭޒް، މި ހަފުތާ ބަންދުގައި އަމަލީ ގޮތުން ފުޓްބޯޅަ މައިދާނަށް ނުކުމެއްޖެއެވެ.
"ޓެޑް ލާސޯ" ގައި ޑެނީ ރޯހަސްގެ ރޯލުން ބެލުންތެރިންގެ މަގުބޫލުކަން ހޯދި ފެނާންޑޭޒް، އެމެރިކާގެ ޔޫއެސްއެލް ކަޕުގައި އޭނާގެ ފުރަތަމަ މެޗު ކުޅުނީ ހޮނިހިރު ދުވަހުގެރޭ ނިއު މެކްސިކޯ ޔުނައިޓެޑާ ދެކޮޅަށް އެލް ޕާސޯ ލޮކޮމޯޓިވް ކުޅުނު މެޗުގައެވެ. މި މެޗުގެ 79 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އޭނާ ކުޅެން ނުކުތްއިރު، މެޗުގެ ތެރެއިން އޭނާއަށް ވަނީ ރީނދޫ ކާޑެއްވެސް ދައްކާފައެވެ. މި މެޗުން އެލް ޕާސޯ ބަލިވީ 2-0 ގެ ނަތީޖާއަކުންނެވެ.
އުމުރުން 35 އަހަރުގެ ފެނާންޑޭޒަކީ ކުރިން މެކްސިކޯގެ "ލީގާ އެމްއެކްސް" ގެ ޓެކޯސް އެފްސީއަށް ކުޅުނު ހުނަރުވެރި ޒުވާން ކުޅުންތެރިއެކެވެ. ނަމަވެސް ލިބުނު ސީރިއަސް އަނިޔާތަކެއްގެ ސަބަބުން އޭނާގެ ފުޓުބޯޅަ ކެރިއަރަށް ހުރަސް އެޅި، އެކްޓިންގެ ދާއިރާއަށް ބަދަލުވީއެވެ.
މިއަހަރުގެ ކުރީކޮޅު ޗިކާގޯ ފަޔަރގެ ރިޒާވް ޓީމަށް ޓްރަޔަލް ދިނުމަށްފަހު، އޭނާ ވަނީ އެލް ޕާސޯއިން ލިބުނު ފުރުސަތެއްގައި އެ ޓީމާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.